އުމަރު ޒާހިރަކީ ޤައުމަށް އަގުނުކުރޭ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް: ޕްރޮގްރެސިވް ކޯލިޝަން

އުމަރު ޒާހިރަކީ ޤައުމަށް އަގުނުކުރޭ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް: ޕްރޮގްރެސިވް ކޯލިޝަން

Author
މުޙައްމަދު ޝަޒައިމް
20 ޑިސެމްބަރ 2021 10:00
0

އޮނަރަބަލް ޢުމަރު ޒާހިރަކީ ދިގު މުއްދަތަކަށް ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިމަގަށް އަގު ނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ދައުލަތާއި ޤައުމަށް އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ އޮނރަބަލް ޢުމަރު ޒާހިރު އަވަހާރަވި ޚަބަރު މިކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއިއެކުއިކަމަށެވެ.

އޮނަރަބަލް ޢުމަރު ޒާހިރަކީ ދިގު މުއްދަތަކަށް ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިމަގަށް އަގު ނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ތެދުވެރިކަމާއި އިޚުލާސްތެރިކަމާއިއެކު ކުރައްވާފައިފާއިވާ ނަމުނާ ޝަޙުސިއްޔަތެއްކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ތަރައްޤީގެ ބޮޑެތި މަސައްކަތްތައް ޢަމަލީ ގޮތުން ހިންގެވުމުގައިވެސް ނަމޫނާ ދައްކަވާފައިވާ ބޭފުޅެއްކަމަށާއި، ހަމައެއާއެކު އެމަނިކުފާނަކީ ޕްރްގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށްވެސް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވާ އެކޯލިޝަނަށް ނިސްބަތްވާ ދެޕާޓީގެ މެންބަރުން ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

– އަލްމަރްޙޫމް އޮނަރަބަލް ޢުމަރު ޒާހިރުގެ ފުރާނަފުޅަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.

– އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

އޮނަރަބަލް ޢުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ ޢާއިލައާއި މުޅި ޤައުމަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި އިދިކޮޅު ކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއާއި އެންމެހާ ދިވެހި ރައްޔިތުންނަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރާކަމަށް މި ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އުމަރު ޒާހިރު އަވަހާރަ ވުމާއި ގުޅިގެން މިއަދުން ފެށިގެން އެޕާޓީގެ އޮފީހުގައި ހުރި ޤައުމީ ދިދައާއި، ޕާޓީގެ ދިދަވެސް ބައި ދަނޑިއަށް ތިރިކޮށްފައެވެ. އުމަރު ޒާހިރު އަވަހާރަ ވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.