ކިތަންމެ ގިނަބަޔަކު ބޭނުންވިޔަ ﷲގެ ޤާނޫނު ބަދަލު ނުކުރެވޭނެކަން ނޭގުމަކީ ޖާހިލުކަމުގެ އަލާމާތެއް ކަމުގައި ޝާއިޚު އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށް، އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ޝައިޚު އިލްޔާސް ހުސެއިން ވިދާޅުވީ ﷲގެ ޤާނުނަށް ބަދަލު ގެނައުމުގެ ވިސްނުންވެސް ނުގެން ގުޅެވޭނެކަމަށެވެ.
އިލްޔާސްވަނީ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތައް ގަދަބަސްބުނެ ބޮޑާކަން ދޫކޮށް ތައުބާވުމަށް ކީރިތި ޤުރުއާނުގެ އާޔަތެއް ކުރެއްވި ޓްވީޓާއިއެކު ހިއްސާކޮށް ގިނަ ގިނައިން އެބަސްފުޅު ވިދާޅުވުމަށް އިރުުޝާދު ދެއްވާފައެވެ.
Kithamme gina bayaku edhunas Allah ge ganoonu badhalu nukureveynekan neyngumakee jahilukamuge alamateh. gadhabas nubune kiburuverikami bodakan dhookoh avahah thaubavun budhdhiveri
adhi ilahee mibasfulhu ginaginain vidhalhuvelavva pic.twitter.com/H7wmrvfZxB— Ilyas Hussain (@shkilyas) November 4, 2020
ގިސާސް ހިފުމާއި ގުޅޭގޮތުން އާންމުންގެ ޚިޔާލަށް ދާންޖެހޭކަމަށް ވިދާޅުވެ ބަންޑާރަނައިބް ދެއްކެވި ވާހަތަކާއި ގުޅިގެން ދީނީ ގިނަ އިލްމުވެރިންނާއި، އާންމު ގިނަ ރައްޔިތުންވަނީ އެކަން ކުށްވެރިކޮށް އޭޖީ ރިއްފަތު ތައުބާވުމަށް ގޮވާލާފައެވެ.
މިއަދުގެ ބައްދަލުވުމުގައި އޭޖީ ވިދާޅުވީ ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށާއި މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށެވެ. އަދި މަރުގެ އަދަބު ނައްތައިލަން ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަކުރާ ގޮތަށް ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ