ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ވަނީ އެންމެ މަތީދަރަޖައަކަށް ކަށަވަރުކޮށްދީފަ: އިމްރާން

ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ވަނީ އެންމެ މަތީދަރަޖައަކަށް ކަށަވަރުކޮށްދީފަ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2020 10:58
0

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ދިވެހި ސަރުކާރުން އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދޭކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔޫޕީއާރު ވަރކިންގ ގްރޫޕްގެ 36 ވަނަ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ދިވެހި ސަރުކާރުން އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދޭކަމަށެވެ.

ޤާނޫނީ ވެރިކަން ނަގަހައްޓާ، ޖަވާބުދާރީ ކުރުވަނިވި ސިފަ ދައުލަތުގެ މުއައްސަސާތަކުގައި އަށަގަންނަވާ، ރައްޔިތުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޭގެ އެންމެ ފުރިހަމަގޮތުގައި ސަރުކާރުން ޖާގަދޭކަމަށެވެ. އޭގެ އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުން ކުރީ ސަރުކާރުން 2016 ވަނަ އަހަރު ތަސްދީޤުކުރެއްވި އަބުރުގެ ޤާނޫނު  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަޤާމާ ޙަވާލުވެވަޑައިގެންވުމަށްފަހު އުވާލައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ހަމައެހެންމެ ނުފޫޒެއް ނެތި މީޑިޔާތައް މަސައްކަތްކުރުމަށް ޖާގަ ދިނުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުކޮށްދިނުމުގެ އެންމެ މުހިއްމު އެއް އަސާސްކަމުގައި ސަރުކާރުން ޤަބޫލުކުރައްވާކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، ހަމަހަމަ ފުރުޞަތުތައް ރާއްޖޭގައި ވަނީ ފަހިކޮށްދީފައިކަމަށް ވިދާޅުވިއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިޔާގެ މިނިވަންކަމާ ގުޅޭ ބިލްތައް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޚިޔާލްފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން އެންމެފުޅާ މިނުގައި ދީފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެފާއިރު، ރޭ އިދިކޮޅުން ތިނެއް ނޮވެމްބަރު ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައިވެސް ބައެއް މީހުން ހައްޔަރުކޮށް އެއްވުން ވަނީ ރޫޅާލާފައެވެ. އަދި މީގެކުރިންވެސް މާލޭގައާއި އަތޮޅުތަކުގައި ކުރާ އިޚުތިޖާޖުތަށް ފުލުހުން ބޭނުންކޮށްގެން ރޫޅާލާތަން ވަނީ ފެނިގެން ގޮސްފައެވެ.

ކުޑަކުދިންގެ ހައްގުގައާއި، ޖިންސީ ގޯނާގެ މައްސަލަތަކުގައި މިހާތަނަށް ކުރި ގިނަ މުޒާހަރާތައްވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ރޫޅާލާފައެވެ. އަދި މިއެއްވުންތަކުން ގިނަ ބަޔަކު ހައްޔަރުވެސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.