ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތެދުބަހުން ވާހަކަ ދެއްކެވުމަށާއި، އަދި ބަހާ އަމަލާ ދިމާކުރައްވަން ޖެހޭކަމަށް ވިދާޅުވެ، އެމްއެންޕީގެ އެއް ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޑރ. ޖަމީލަށް މިއަދު ރައްދު ދެއްވައިފިއެވެ.
ރިޔާޒު ޖަމީލަށް ރައްދު ދެއްވާފައިވަނީ، މިއަދު އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވީ، ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުން ކަމަށް ރިޔާޒު ވިދާޅުވި ވިދާޅުވުމަށް ފާޑު ވިދާޅުވެ، ރައީސް ޔާމީނާ ސިޔާސީ ގޮތުން ފައިހަމަ ނުކުރެވޭނެކަމަށް ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައެވެ.
ރިޔާޒު ރައީސް ޔާމިނަށް ފާޑު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާ ޑރ. ޖަމީލް ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ޙުކުމަކީ ޓެކްނިކަން ގޯހުން ނިމޭ ކަމެއްނޫން ކަމަށާއި، ޖިނާއީ ކުށެއް ސާބިތުކުރަން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑެއް އޮންނަ ކަމުގައެވެ. އަދި ކޮންމެ މީހެއްގެ ވެސް މައުޞޫމްކަން ޘާބިތުވުމުން އެމީހެއްގެ ބޮލުގައި އިލްޒާމް އެޅުވުން ނާތަހުޒީބު ކަމެއްކަމުގައި ވިދާޅުވެ، ސިޔާސީ ގޮތުން ރ. ޔާމީނާއި ފައި ހަމަނުކުރެވޭނެކަން ހަޖަމްކުރަންޖެހޭ ކަމަށް ޑރ. ޖަމީލްވަނީ ވިދާޅުވެފައެވެ.
ޖަމީލް މި ޓުވީޓަށް ރައްދު ދެއްވާ ރިޔާޒު ވިދާޅުވެފައިވަނީ، ޑރ. ޖަމީލް އިއްޔެ ވިދާޅުވެފައިވަނީ ރައީސް ޔާމިން އަކީ ވަގެއް ކަމަށާއި، މިއަދު ވިދާޅުވަމުން ގެންދަވަނީ އެވަރުގެ ތެދުވެރިޔަކު ނެތްކަމަށް ކަމަށެވެ.
Iyye manikfaanu vidhaalhuvee R. Yameen akee vageh kamah, miadhu thiya vidhaalhu vanee evaruge thedhuveriyaku nei kamah.
Manikfaanu eba jehey noon thoa thedhu bahun vaahaka dhakkavan, amalaa bahaa dhimaa kuravvan? https://t.co/0Ra9uplJqx— Abdulla Riyaz MP (@riyazabdulla) December 19, 2021
އަދި ރިޔާޒުވަނީ ޑރ. ޖަމީލް ބަހާ އަމަލާ ދިމާ ކުރައްވަންޖެހޭ ކަމަށް ވިދާޅވެ، ތެދުބަހުން ވާހަކަ ދެއްކެވުމަށް ޑރ. ޖަމީލަށް ގޮވާލައްވާފައެވެ.
ޑރ. ޖަމީލަކީ، ޕީޕީއެމްއާއި ގުޅިވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. އަދި ރައީސް ޔާމީނަށް ވަގަށް ގޮވާ، ރައީސް ޔާމިންގެ ވާހަކަތައް ސިފަވަނީ ފިރުއައުނުގެ ވާހަކަތަކާ އެއްފަދައިން ކަމަށްވެސް ޑރ. ޖަމީލް ކުރިން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމިންގެ ނާއިބު ރައީސްކަމުން ވަކި ކުރެވުމާއިއެކު އޭރު މަސައްކަތް ކުރައްވަމުން ވަޑައިގެންނެވީ ރައީސް ނަޝީދާއެކީއެވެ. އެއަށްފަހު ފާއިތުވި ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގައެވެ. އަދި އެޕާޓީގެ ޓިކެޓްގައި ފާއިތުވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވާ ލިބިވަޑައިގަތީ 3 ވަނައެވެ.
ކޮމެންޓު ފޮނުވާ