ޤައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ޖާގަދެވިގެން ނުވާނެ: ޝިފާޒް

ޤައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ޖާގަދެވިގެން ނުވާނެ: ޝިފާޒް

އެއްވެސް ޤައުމަކާއެކު އޮންނަ ގުލުމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ޖާގަ ދެވިގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމުން މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބާއްވަން އުޅުނު ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ އެފަދަ ކަމަކަށް ފުރުސަތު ދެވެން ނެތް ކަމަށް ބުނެ ފުލުހުން އެ ހަރަކާތް ހުއްޓުވުމާއި ގުޅިގެންނެވެ.

ޝިފާޒް ވިދާޅުވީ އެއްވެސް ޤައުމަކާމެދު ޤާއުމްކުރެވިފައިވާ ޚާރިޖީ ގުޅުމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ޖާގަ ދެވިގެންނުވާނެކަމަށެވެ. އަދި ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ސާބިތުވެ ތިބުމަށް ޝިފާޒް ވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.

އިދިކޮޅުން ހިންގާ އިންޑިއާ އައުޓްގެ ހަރަކާތުގެ ދަށުން މިދިޔަ ހުކުރު ދުވަހު ބާއްވަން އުޅުނު ހަރަކާތް ހުއްޓުވުމަށް ފުލުހުން ނެރުނު ބަޔާނުގައި ވަނީ އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާއެއްކަމަށެވެ. އެހެންކަމުން އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ގޮތަކަށް އުޅަނދު ބުރު ކުރިއަށް ގެންދަން ފުރުސަތު ނުދޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި ހަރަކާތެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އިންޑިއާ އައުޓް ޓީޝާޓް ތުރުކުރައްވައިގެން ގެންދަވަނީ ރަށްރަށް ވަޑައިގަންނަވަމުންނެވެ. މިއާއެކު ރައީސް ޔާމީނަށް ސަރުކާރުގެ މެންބަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ގައުމު ވިއްކާލައިގެން ނަމަވެސް ލާރިފޮއްޗެއް ހަދާލަން ބޭނުންވާ އެޖެންޑާ19ގެ ބައިވެރިންނާ ދައުލަތް ހިންގަން ސަރުކާރެއް ޙަވާލު ކުރެވިގެން ނުވާނެ. އިންޝާﷲ 2023 ކަލޭމެން އައުޓް. އިންޑިއާ ދޭ.

Leave a Reply

Your email address will not be published. Required fields are marked *