މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި އުނގޫފާރުގައި ޤާއިމްކުރި އިސްލާމީ މަރުކަޒު ހުޅުވައިފިއެވެ.
އުނގޫފާރަކީ ޑރ.އަފްރާޝީމް ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. "މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީ" ނަމުން ނަންދީފައިވާ އިސްލާމީ މަރުކަޒު ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ އެވެ. ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރުދުކޮށްގެން، ޢިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒު ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެގޮތަށެވެ.

މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި މިސްކިތް ބިނާކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކުރީގެ ސަރުކާރުން 2017 ވަނަ އަހަރުގެ މާރޗްމަހުގެ 2 ވަނަ ދުވަހުގައެވެ. އަދި އެ މިސްކިތުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ.
ކޮމެންޓު ފޮނުވާ