އިންޑިއާ އައުޓު ޓީޝާޓުގައި ޔާމީން ގުރައިދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް!

އިންޑިއާ އައުޓު ޓީޝާޓުގައި ޔާމީން ގުރައިދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް!

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2021 04:56
0

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އަތޮޅު ތެރޭގެ ރަށްތަކަށް ފަށާދަރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ކ.ގުރައިދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޔާމީން ގުރައިދޫއަށް ވަޑައިގެންފައިވަނީ އިންޑިއާ އައުޓް ޖަހާފައިވާ ޝާޓެއްލައިގެންނެވެ. ގުރައިދޫގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައީސް ޔާމީނަށް މަރުހަބާ ދެންނަވުމަށް ބަނދަރަށް ނިކުމެފައެވެ.

ޖަލު ބަންދުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު މިނިވަންވެ ވަޑައިގެން އަތޮޅުތެރޭގެ ރަށްތަކަސް ކުރައްވާ ދަތުރުތަކުގެ ފުރަތަމަ މަންޒިލަކީ ކ.ގުރައިދުއެވެ. ގުރައިދުއަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ބައިވެރިވާ ޕީޕީއެމްގެ އިސްބޭފުޅުން މިހާރުވެސް ދަނީ އެރަށަށް ދަތުރު ކުރައްވަމުންނެވެ.

ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާ ގޮތަށް ކުރިން އޮތީ ފ. ނިލަންދޫ އިންނެވެ. ނަމަވެސް ހަފްތާ ބަންދުގައި ފ. އަތޮޅުގެ މޫސުން ރަނގަޅު ވާނެ ކަމަށް ނުބެލެވޭތީ މާލެއާ ކައިރިން އަތޮޅު ތެރޭގެ ދަތުރުތައް ފެށުމަށް ނިންމީ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

ގުރައިދޫއަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ބޮޑު ޖަލްސާއެއް ނުބޭއްވި ނަމަވެސް މެމްބަރުންނާއި ބައްދަލުކޮށް، ހާލު އަހުވާލު އޮޅުންފިލުވުމަށް ވަނީ ހަމަޖެހިފައެވެ. ގުރައިދުއަށްފަހު ރައީސް ޔާމީން މާދަމާ ކ.ތުލުސްދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަތޮޅުތެެރޭގެ ގިނަ ރަށްތަކުން ރައީސް ޔާމީނާއި ބައްދަލު ކުރުމަށް ބޭނުންވާ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ފައްޓަވާ ސިލްސިލާ ދަތުރުތަކެކެވެ.

މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.