ޝިފާޒްގެ ރައްދު: ކަރިކިއުލަމް ނިންމަނީ މިނިސްޓަރ އެކަނިކަމަށް ދެކުމަކީ ބޮޑު އޮޅުމެއް!

ޝިފާޒްގެ ރައްދު: ކަރިކިއުލަމް ނިންމަނީ މިނިސްޓަރ އެކަނިކަމަށް ދެކުމަކީ ބޮޑު އޮޅުމެއް!

Author
މުޙައްމަދު ޖިމީ
16 ޑިސެމްބަރ 2021 12:02
0

ތަޢުލީމީ ކަރިކިއުލަމް ނިންމަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީކަމަށް ދެކުމަކީ ބޮޑު އޮޅުމެއްކަމަށް އެމްޑީޕީގެ ނާއިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިފާޒް މިހެން ވިދާޅުވެފައިމިވަނީ، އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރައްވާ އާޔަތް ލިޔުއްވުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވާ ޚަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުންމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.
މިކަމާއި ގުޅިގެން ޝިފާޒް ވިދާޅުވީ އެއީ ކަނޑައެޅިގެން ފިތުނަކަމަާއި، ކަރިކިއުލަން ނިންމަނީ މިނިސްޓަރ އައިޝަތު އަލީ އެކަނި ކަމަށް ދެކުމަކީ ބޮޑު އޮޅުމެއްކަމަށެވެ.

ޝިފާޒް މިހެން ވިދާޅުވެފައިވާއިރު، އިސްމާއި ޤުރުއާން ފޮތްތަކުގެ އާޔަތްތައް އުނިކުރަން އުޅުނީ، ޤުރުއާނަށްދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައިނޫން ކަމަށްބުނެ، އާޔަތް އުނިކުރަން އެންގި އެންގުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބަދަލުކޮށްފައެވެ. ގިނަ ބައެއްގެ ފާޑުުކިޔުމާއި ނުރުހުން މިކަމުގައި އަމާޒުވުމުން މިއަދު ހެދުނު އެޑިއުކޭޝަން މިނިސްޓްރީން ވަނި ބަޔާނެއްނެރެ އާޔަތްތައް އުނިކުރަން ނިންމި ނިންމުން ބާތިލްކޮށްފައިވާކަމަށް ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް ރިފަރެންސް ދިނުމަށް މަޝްވަރާކުރެވި މިކަން ބަޔާންކޮށް އެންއައިއީއަށް ސިޓީއެއް ފޮނުވުނު ކަމަށެވެ.

މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން ކަމަށާއި އެ ގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި މި ފޮތްތައް ނައްތާލާއިރު ޤުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
ރާބޮނީ ވެސް އެކަންޏެއްނޫން
ޚ ޚަނބިލި
ކޮންމެ ފަހަރަކު މިނިސްޓަރު ހޫނުފެނަށް ވެއްޓޭ އިރަށް ސަލާމަތްކުރުމަށް ތަފާތުބަހަނާ ތިދެން ު.ބޮޑުވަރ
ބ ބަނާނާ
ލާދީނިއްޔަތު ފަތުރަނީ އެޑިޔުކޭޝަންގެ ހުރިހާ މުއައްޒަފުން ކަމަށް ދެކުމަކީ ބޮޑު ގޯހެއް.އެހެން ދެކޭނެ ކަމަކު ނެތޭ.
ބ ބަނާނާ
ލާދީނިއްޔަތު ފަތުރަނީ އެޑިޔުކޭޝަންގެ ހުރިހާ މުއައްޒަފުން ކަމަށް ދެކުމަކީ ބޮޑު ގޯހެއް.
މ މުދައްރިސް
ދެންް އެކަކުު އަނެކަކުު ދިފާއުކޮށްް ތެޅިބާލައިި. ޥަޒީރުގެެ ނާޤާބިލުކަންް މުޅިންް މިކަހަލަަ ކަންތައްް. ޜީތިި ގޮތަކީީ ތިމަންނައަށްް ނުވާނެކަންް އެނގުނީމަަ އިސްތިޢުފާދިނުން