ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިފަހުން ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ކަރީނާއާ އެކުއެކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އަދި ކުރީގެ ބައެއް ފިލްްމް ތަކުން ފެނިގެން ދިއަ އަމްރިތާ އަރޯރާ ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
މީގެ އިތުރުން ބޮލީވުޑްގެ ކުރީގެ އެކްޓަރު ސޮހެއިލް ޚާންގެ އަންހެނުން ސީމާ އާއި އެނާގެ އެންމެ ގާތް އެކުވެރިޔާ އަދި ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރު ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
ކަރީނާ ވަނީ އޭނާ ޕޮޒިޓިވް ވެފައި ވާކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާން ކޮށްފައެވެ. އަދި ކޮންޓެކްޓް ވެފައިވާނަމަ އަވަހަށް ކޯވިޑަށް ޓެސްޓް ކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކޮށްފައިއެވެ. މިވަގުތު ކަރީނާ ހުރީ އައިސޮލޭޝަން ގައެވެ. އޭނާގެ އާއިލާގެ އަދި ސްޓާފުންގެ ތެރެއިން ވެސް އެއްވެސް މީހެއްގެ ކިބައިން އަދި އަލާމާތް ނުފެންނަ ކަމަށް ވެސް ބުނެފައިވެއެވެ.
ކޯވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު ކަރީނާ ވަނީ މީގެ ކުރިން ރާއްޖޭގައި ޗުއްޓީއެއްވެސް ހޭދަކޮށްފައެވެ. މި ޗުއްޓީގައި ކަރީނާ އާއި ސައިފްގެ އިތުރުން އެމީހުންގެ ދެ ދަރިންވެސް ބައިވެރިވިއެވެ. މި ދަތުރު ގައި ފުރަތަމަ ފަހަރަށް ކަރީނާ ވަނީ އޭނާގެ ހަގު ދަރިފުޅުގެ ފޮޓޯ އާންމުކޮށްފައެވެ.