ގދ.ވާދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ ގިނަ ފިޔަވަޅުތަކެއް!

ގދ.ވާދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ ގިނަ ފިޔަވަޅުތަކެއް!

ގދ.ވާދޫގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެރަށުގައި ތަންފީޒްކުރަން ފަށައިފިއެވެ.

ވާދޫ ކައުންސިލް އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ކޯވިޑްގެ ކޭސްތައް އަދާޔާ ޚިލާފަށް އެރަށުގައި އިތުރުވަމުންދާތީ އެކަމާއި ގުޅިގެން ކޮވިޑް ޓާސްކު ފޯސްއާއި، ވާދޫ ސިއްޙީ މަރުކަޒާއި، ކައުންސިލުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

ވާދޫގައި އަޅާފައިވާ ފިޔަވަޅުތައް:

1. އެއްގެއިން އަނެއްގެއަށް ޒިޔާރަތް ނުކުރުން.
2. ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ބޭރަށް ނުނިކުތުން.
3. މިސްކިތް ތަކުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލުން. ގޭތެރެއާއި ގެއިން ބޭރުގައި އުޅޭ ވަގުތު ތަކުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުން.
5. ފިހާރަތަކަށް ވިޔަފާރިކުރަން ދިއުން އެއްކޮށް ހުއްޓަލުން، ހަމައެކްނި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށް ދިނުން
6. ހޮޓާ ކެފޭ އަދި ރެސްޓޯރަންޓްތައް ހިންގާ ފަރާތްތަކުން ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުން
7. ކުޅިވަރު ކުޅޭ ތަންތަން މުއްދަތެއްނެއްގޮތަށް ބަންދުކުރުން.
8. ރައްރަށައް ދަތުރުކުރުން މެދުކަޑައިލުން.
9. މަސްވެރިކަމަށް ނިކުންނަ އުޅަދުފަހަރުވެސް ކައުންސިލުން ހުއްދަނަގައިގެން މަސްވެރިކަމަށް ދިއުން.

ވާދޫގައި ކޮވިޑް ފެތުރެން ފަށުމާއެކު މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އެރަށް ވަނީ މޮނިޓަރިންއަށް ލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިފަދަނިކަމެތި ހާލަތަކައް ރައްޔަތުންވައްޓާލީ ކައުންސިލް ރައީސް ހަސަން

Leave a Reply

Your email address will not be published. Required fields are marked *