1.6 މިލިއަން ރުފިޔާ ހޯދަން ނަހުލާއަށް ދައުވާކޮށްފި

1.6 މިލިއަން ރުފިޔާ ހޯދަން ނަހުލާއަށް ދައުވާކޮށްފި

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2021 09:50
0

ވިލި މާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދަރަންޏަށް ނެގިކަމަށްބުނާ ފައިސާ ނުދެއްކި މައްސަލާގައި ދައުވާކޮށްފިއެވެ.

ނަހުލާގެ މައްޗަށް ދައުވާ ކުރަނީ ޒެޑް އެމްސީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. ކެފޭއެއް ހިންގުމަށާއި، އިންތިޚާބުގެ ކެމްޕެއިނަށްކަމަށް ބުނެ ނަހުލާ އެ ކުންފުނިން 1،670000 ( އެއްމިލިއަން ހަ ލައްކަ ހަތްދިހަހާސް) ރުފިޔާ ނަގާފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެކުންފުނިން ބުނީ އެއްބަސްވުމެއްގެ ދަށުން ނަޙުލާއަށް ފައިސާ ދީފައިވަނީ ފައިދާއާއި ގެއްލުން ދެ ފަރާތުން އެއް ހަމައަކުން ހިއްސާކުރާ ގޮތަށް ކަމަށެވެ.

އެހެންކަމުން އެކުންފުނީގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށައަޅާފައިމިވަނީ، ފައިސާ އަނބުރާ ދެއްކުމަށް ދިން ހަތް ދުވަހުގެ ނޯޓިސްއަށް ފަހުކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ދެފަރާތް އެއްބަސްވެ ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމަށްވެސް ނަޙުލާއަށް ފުރުޞަތު ދިންކަމަށް އެކުންފުނިން ބުނެއެވެ. ނަމަވެސް މިކަމަށް ނަހުލާ އެއްބާރުލުން ދީފައި ނުވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ނަހުލާ ވިލިމާލެ ދާއިރާގެ ކައުންސިލްކަމުގައި ހުންނަވައިގެން ކައުންސިލް މެންބަރުންނާއި ދާއިރާގެ މީހުންނާއި ގުޅުން ކުޑަކަމުގެ ވާހަކަތަކެއްވެސް ފެންމަތިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.