އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ޓުވިޓަރ އެކައުންޓުން ކުޑަ ވަގުތު ކޮޅަކަށް ހެކް ކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް ޓުވިޓރ ހޭންޑްލް މިހާރު އަމިއްލަ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް، ބޮޑުވަޒީރުގެ އޮފީހުން ކުރި ޓުވީޓެއްގައި ބުނެފިއެވެ.
އަދި ޓުވިޓަރ އެކައުންޓު މޯޑީގެ ރުހުމާނުލާ ބޭނުން ކޮށްފައިވާކަން ވަގުތުން ރަސްމީކޮށް ޓުވިޓަރއަށް އެންގުމުގެ އިތުރުން މޯޑީގެ އަމިއްލަ ޓުވިޓަރ ހޭންޑްލް @narendramodi ވަގުތުން ރައްކާތެރި ކުރެވިފައި ވާކަމަށް ބުނެ ޓުވީޓު ކުރުމުގެ އިތުރުން، ބޮޑުވަޒީރުގެ އޮފީހުން ވަނީ، އެކަންޓު މޯޑީގެ އަމިއްލަ ބާރުގެ ދަށުން ދޫވެ ދިޔަ ވަގުތު ކޮޅުގައި ކޮށްފައިވާ އެއްވެސް ޓުވީޓަކީ އެއްވެސް ބުރަދަނެއް ހުރި ޓުވީޓެއްގެ ގޮތުގައި ނުބެލުމަށްވެސް ވަނީ އެދިފައެވެ.
މޯޑީގެ ޓުވިޓަރ އެކައުންޓް ހެކް ކޮށްގެން އެ އެކައުންޓުން ޓުވީޓު ކޮށްފައިވަނީ، އިންޑިއާގެ ރަސްމީ ފައިސާއަކީ ބިޓްކޮއިން ކަމުގައި ކަނޑައަޅާފައިވާ ކަމަށާއި، އަދި މިހާރު ރައްޔިތުންނަށް "ކްރިޕޓޯ ކަރަންސީ" (ޑިޖިޓަލް ފައިސާ) ބަހަމުންދާ ކަމަށް ބުނެއެވެ.
މޯޑީއަކީ ވަރަށް ގިނައިން ޓުވިޓަރ ބޭނުން ކުރައްވާ ބޭފުޅެކެވެ. އަދި އޭނާއަކީ ދުނިޔޭގެ ގައުމުތަކުގައި މިހާރު ވެރިކަމުގައި ތިއްބެވި ލީޑަރުންގެ ތެރެއިން އަމިއްލަ ޓުވިޓަރ އެކައުންޓުގައި އެންމެ ގިނަ ފޮރޯވަރުން ތިއްބެވި ލީޑަރެވެ. މޯޑީގެ އަމިއްލަ ޓުވިޓަރ ހޭންޑްލް 73 މީހުން ފޮލޯ ކުރެއެވެ.
The Twitter handle of PM @narendramodi was very briefly compromised. The matter was escalated to Twitter and the account has been immediately secured.
In the brief period that the account was compromised, any Tweet shared must be ignored.
— PMO India (@PMOIndia) December 11, 2021
ވަގުތުން ޑިލީޓު ކޮށްފައިވާ، މޯޑީގެ އަމިއްލަ ހޭންޑްލްއިން ކޮށްފައިވާ މި ޓުވީޓުގައި ބުނެފައިވަނީ އިންޑިއާ ސަރުކާރުން 500 ބިޓްކޮއިން ރަސްމީކޮށް މިހާރު ގަނެފައިވާ ކަމަށާއި، "އަދި މިހާރު އެފައިސާ ގައުމުގެ ހުރިހާ ރައްޔިތުންނަށް ބަހަމުން" ދާކަމުގައެވެ. އަދި މި ޓުވީޓުގައި ސައްޙަ ނޫން ލިންކެއްވެސް ހިމަނާފައި ވެއެވެ.
މޯޑީގެ ޓުވިޓަރ ހެކަރުންގެ ބާރުގެ ދަށުގައި ހުރީ ކިހާ ވަގުތަކަށް ކަން އެގިފައެއް ނުވެއެވެ. އަދި ޓުވިޓަރގެ ތަރުޖަމާން ރޮއިޓާސްއަށް މައުލުމާތު ދެމުން ވިދާޅުވެފައިވަނީ، މައުލޫމާތު ލިބުމާއެކު މޯޑީގެ ޓުވިޓަރ އެކައުންޓު ހިމާޔަތް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ. އަދި ހިންގުނު ތަހުގީގަކުން، މިވަގުތު މިގޮތަށް ހެކް ކޮށްފައިވާ އިތުރު އެހެން އެކައުންޓެއް ވާކަން އެގިފައި ނުވާކަމަށްވެސް އޭނާ ވިދާޅު ވެފައި ވެއެވެ.
މޯޑީގެ ޓުވިޓަރ އެކައުންޓް ހެކް ކޮށްފައިމިވަނީ، އިންޑިއާގައި މަޝްހޫރު ވަމުން އަންނަ "ކްރިޕްޓޯކަރަންސީ"ގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ގާނޫނުހަދާ މަޖިލިހަށް މިމަހު ގާނޫނެއް ހުށަހެޅުމަށް ތައްޔާރު ވަމުންދާ ދަނޑިވަޅެއްގައެވެ.
Prime Minister Modi's twitter account was hacked not once but twice by Bitcoin bhakts. In Dec 2020 & Dec 2021. pic.twitter.com/jwNk3ljnJN
— Mohammed Zubair (@zoo_bear) December 12, 2021
މޯޑީގެ އަމިއްލަ ވެބްސައިޓްގެ ޓުވިޓަރ ހޭންޑްލް @narendramodi_in ވެސް ވަނީ 2020ވަނަ އަހަރު ސެޕްޓެމްބަރު މަހު ހެކްކޮށްފައެވެ. އެފަހަރު އެކައުންޓު ހެކް ކޮށްގެން ޓުވީޓު ކޮށްފައިވަނީ، ކްރިޕްޓޯކަރަންސީ ބޭނުން ކޮށްގެން ރިލީފް ފަންޑަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދިއެވެ.