ހުޅުމާލެއިން ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2020 12:50
0

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއަށް ސަފާރީއަކުން ބިޔަރު ބާލާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހުޅުމާލެ ރަބަރުގަސް މަގު 6 ނަންބަރު ގޯޅިން ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ ދެމީހުން ސައިކަލެއްގައި ދަނިކޮށް ފުލުހުން ފެނުމާއެކު ވަނީ އެމީހުން ގެންގުޅުނު ބިޔަރު ދަޅުތައް ހުރި ދެ ކޮތަޅު އެއްލާލާފައެވެ. އަދި އެމީހުން ހުއްޓުވައި އެއްލާލި ދެ ކޮތަޅު ނަގައި، ބަލައި ފާސްކުރިއިރު އެ ދެކޮތަޅު ތެރެއިން 96 ދަޅު ބިޔަރު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.