ގިނަ ދުވަސްތަކަކަށް ފަހު ބޮލީވުޑްގެ ތަރި ޖެނީލިއާ ޑިސޫޒާ އެނބުރި ބޮޑުސްކްރީނަށް އައުމުގެ މަސައްކަތް ފަށައިފިއެވެ.
އެކްޓަރ ރިތޭޝް ދޭޝްމުކްގެ އަންހެނުން އެނބުރި އައުން ފާހަގަ ކުރަނީ ރިތޭޝް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމުންނެވެ. އެއީ މަރާޓީ ފިލްމެކެވެ.
މި ދެތަރިން ވަނީ ސޯޝަލް މީޑިއާގައި އެކަން އިއުލާން ކޮށްފައެވެ. އެގޮތުން ރިތޭޝް ބުނެފައިވަނީ އޭނާ 20 އަހަރު ވަންދެން ކުރިއަށް ގެންދިއަ އެކްޓިންގ ކެރިއަރުގައި ފުރަތަމަ ފަހަރަށް ކެމެރާގެ ފުރަގަހުން ޑައިރެކްޓަރުގެ ގޮޑިން ފެނިގެން ދާނެކަމަށެވެ.
After being in front of the camera for 20 years, I take a big leap to stand behind it for the first time.
As I direct my first marathi film, i humbly ask you all for your good wishes and blessings. Be a part of this journey, be a part of this madness.
वेड (Madness). pic.twitter.com/ydjr6cdXqG— Riteish Deshmukh (@Riteishd) December 8, 2021
ޖެނީލިއާ ވެސް ވަނީ އޭނާ އެނބުރި އަންނަ ކަން އިއުލާން ކޮށްފައެވެ. އެގޮތުން އެކި ބަސްބަހުން ނެރުމަށް ހަމަޖެހިފައިވާ ފިލްމަކުން އެނބުރި ސްކްރީނަށް އާދެވޭތީ އުފަލުން ހުރި ކަމަށް ވަނީ ބުނެފައެވެ. މި ފިލްމުގައި ޖެނީލިއާ އާއި އެކު ފެނިގެން ދާނީ ޖިޔާ ޝަންކަރެވެ.
ޖެނީލިއާ ފިލްމީ ކެރިއަރ ފަށާފައިވަނީ 2003 ވަނަ އަހަރުއެވެ. ނަމަވެސް ދާއިރާގައި މާގިނަ ދުވަހަކު އޭނާ މަސައްކަތް ކޮށްފައެއް ނުވެއެވެ. އަދި ގިނަ ފިލްމު ތަކެއް ކުޅެފައެއް ވެސް ނުވެއެވެ. އޭނާ ކުޅުނު މަދު ފިލްމް ތަކުގެ ތެރޭގައި އާންމުގެ ބޮޑު ތަރުހީބު ލިބުނު ބައެއް ފިލްމުތައް ހިމެނެއެވެ.
2012 ވަނަ އަހަރު ރިތޭޝް އާއި ކައިވެނި ކުރުމަށްފަހު ޖެނީލިއާ ވަނީ މި ދާއިރާއިން ގެއްލިފައެވެ. އެ ކައިވެންޏަށް ދެކުދިން ލިބިފައިވާއިރު ދަރިން ތަރުބިއްޔަތު ކުރުމާއި ގޭގެ މަސައްކަތްތަކުގައި އޭނާ ހޭދަކުރުމަށް ފަހު އެނބުރި ބޮޑު ސްކްރީނަށް އައުމުގެ ކުރިން އޭނާ ޓިކްޓޮކުން ފެނިގެން ދިޔައެވެ.