ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ޔޫއެންގެ އޮފިޝަލަކާ ކޮންޓެކްޓު ވުމުން، ގުޓަރޭސް ކަރަންޓީން ފުރިހަމަ ކުރައްފައިވި

ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ޔޫއެންގެ އޮފިޝަލަކާ ކޮންޓެކްޓު ވުމުން، ގުޓަރޭސް ކަރަންޓީން ފުރިހަމަ ކުރައްފައިވި

Author
ހުސެއިން
10 ޑިސެމްބަރ 2021 06:24
0

ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ޔޫއެންގެ އޮފިޝަލަކާ ކޮންޓެކްޓް ވުމާއި ގުޅިގެން، ޔޫއެން ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ކަރަންޓީން ފުރިހަމަ ކުރައްވައިފިއެވެ. އަދި ދެދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރައްވާ، ބުރާސްފަތި ދުވަހު ކޯވިޑަށް ޓެސްޓު ކުރެއްވުމުން ވަނީ ނެގެޓިވް ވެފައެވެ.

"އާދެ ނެގެޓިވް" އުމުރުން 72 އަހަރުގެ ގުޓަރޭސް ރިޕޯޓަރުންނަށް މައުލޫމާތު ނުދެއްވާ ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމަށް ވަޑައިގަންނަވަނިކޮށް، ތަރުޖަމާން ސްޓެފަން ޑުޖަރިކް ރިޕޯޓަރުންނަށް ވިދާޅުވެފައި ވެއެވެ.

ގުޓަރޭސްވަނީ މީގެ ކުރިން ދެ ޑޯޒް ފުރިހަމަކޮށް އަދި ބޫސްޓަރ ޑޯޒްވެސް ޖައްސަވާފައެވެ.

ކަރަންޓީނަށްފަހު ގުޓަރޭސް ބައިވެރިވެ ވަޑައިގެންނެވި ސެކިއުރިޓީ ކައުންސިލްގެ ފުރަމަ ބައްދަލުވަމަކީ، އެފްރިކާ ބައްރުގެ ސަހެލް ރީޖަމްގެ ޓެރަރިޒަމާއި އަދި މޫސުމީ މައްސަލަތަކަށް އަމާޒުކޮށް ބޭއްވުނު ބައްދަލު ވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.