ދަނޑުވެރިން ދިއްލީގެ ރަށް ބޭރުގައި ކޭމްޕް ޖަހައިގެން މުޒާހިރާ ކޮށްފައިވަނީ، ފިންނާ ހޫނުގައި އަދި ކޯވިޑް ކާރިސާގެވެސް އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރު

މެދު ނުކެޑި އެއް އަހަރުވަންދެން ކުރިޔަށް ގެންދިޔަ ދަނޑުވެރިންގެ މުޒާހިރާ ނިންމާލައިފި

މެދު ނުކެޑި އެއް އަހަރުވަންދެން ކުރިޔަށް ގެންދިޔަ ދަނޑުވެރިންގެ މުޒާހިރާ ނިންމާލައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އިންޑިއާގެ ދަނޑުވެރިންގެ ނުރުހުން އަމާޒުވެގެންދިޔަ ދަނޑުވެރިކަމާބެހޭ ގާނޫނުތައް އަބުރާ ގެންދިއުމަށް ނިންމިކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރ މޯޑީ އިއުލާން ކުރެއްވިތާ އެއް ހަފްތާފަހުން، މި ގާނޫނުތަކާ ދެކޮޅަށް ދަނޑުވެރިން ކުރަމުން ދިޔަ އެއް އަހަރުވީ މުޒާހިރާ ރަސްމީކޮށް ނިންމާލައިފިއެވެ.

މިމުޒާހިރާގައި އެތައް ހާސް ދަނޑުވެރިންނެއްވަނީ، އިންޑިއާގެ ވެރިރަށް ދިއްލީގެ ރަށްބޭރުގައި އެއް އަހަރު ދުވަސް ވަންދެން ކޭމްޕު ޖަހާފައެވެ. އަދި މު މުއްދަތުގައި، ފިންނާއި، ހޫނާއި، އަދި ކޯވިޑް ކާރިސާގެ ސަބަބުން، މުޒާހިރާ ކުރަމުންދިޔަ އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ދަނޑުވެރިންގެ މުޒާހިރާ ރަސްމީކޮށް ނިންމާލުމާއެކު، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މުޒާހިރާގެ ބައިވެރިން ސަރަހައްދު ދޫކޮށް އެމީހުންގެ ގެތަކަށް ދިއުމަށް ދަތުރު ފަށާނެއެވެ.

މޯޑީގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރި މިގާނޫނުތަކާ ދެކޮޅަށް ދަނޑުވެރިން ހިންގި ހަރަކާތް ވެގެން ދިޔައި، މޯޑީގެ ސަރުކާރަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ.

ދަނޑުވެރިންގެ ގުރޫޕްތަކުން ރަސްމީކޮށް މުޒާހިރާ ހުއްޓާލުމަށް އެއްބަސްވެފައިވަނީ، މޯޑީގެ ސަރުކާރުގެ ވަޒީރުން ދަނޑިވެރިންގެ އެހެން ޑިމާންތައް ކަމުގައިވާ، ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ހަމަ އަގު ކަށަވަރު ކޮށްދޭން އެއްބަސްވެ އަދި މުޒާހިރާގެ ބައިވެރިންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައްވެސް އަބުރާ ގެންދިއުމަށް އެއްވަސްވުމާއި ގުޅިގެންނެވެ.

"އަހަރެމެން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު މި ނިންމުން އަލުން މުރާޖައާ ކުރާނަން. ސަރުކާން އެމީހުންގެ ވައުދުތައް ނުފުއްދާނަމަ، އަލުން މުޒާހިރާތައ ފަށަން ޖެހިދާނެ،" ދަނޑުވެރިންގެ ލީޑަރު ގުރުނަމް ސިންގ ޗަރުނި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

ދަނޑުވެރިން ދިއްލީގެ ރަށް ބޭރުގައި ކޭމްޕް ޖަހައިގެން މުޒާހިރާ ކޮށްފައިވަނީ، ފިންނާ ހޫނުގައި އަދި ކޯވިޑް ކާރިސާގެވެސް އެންމެ ގޯސްވެގެން ދިޔަ ދުވަސްވަރު

އިންޑިއާގެ ދަނޑުވެރިން ދެކޮޅު ހަދަމުންދާ ގާނޫނުތައް އިންޑިއާގެ ގާނޫނުހަދާ މަޖިލިހަށް ހުށަހަޅާފައިވަނީ ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިގާނޫނުތަކުގެ ބޭނުމަކީ، ސަރުކާރުން ރެގިއުލޭޓް ކުރާ ހޯލްސޭލް މާރކެޓްތަކުގެ އިތުރުން އެހެނިހެން ފަރާތްތަކަށް ވެސް ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލުމެވެ. އަދި ނަތީޖާއެއްގެ ގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެންމެ ދަށްކޮށް ލިބޭ އާމްދަނީއެއް ކަނޑައެޅިގެން ދިއުމެވެ.

މި ބަދަލުތަކާ ގުޅޭގޮތުން، ކުދި އަދި މެދުފަންތީގެ ދަނޑުވެރިންގެ ޝަކުވާއަކަށް ވެގެން ދިޔައީ، ބޮޑެތި ވިޔަފާރިތަކާ ވާދަކުރުމުގެ ގާބިލްކަން ނެތިގެން ދިއުމު ނަތީޖާއެއްގެ ގޮތުން ގޮދަނާއި ހަޑޫ ހެއްދުމަށް ދަޑުވެރިންނަށް ލިބެމުންދިޔަ ފައިސާގެ އެހީތެރިކަން ގެއްލިގެން ދިއުމެވެ.

އެހެންނަމަވެސް މިހާތަނަށްވެސް އިންޑިއާގެ ސަރުކާރުން ބުނަމުން އައީ، އިންޑިއާގެ 2.7 ޓްރިލިއަން ޑޮލަރުގެ އިގްތިސާދުގެ 15 އިންސައްތަ ހިއްސާކުރާ ދަނޑުވެރިކަމުގެ ސިނާއަތަށް މިގާނޫނުތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އައިސް ލިބޭ އާމްދަނީވެސް އިތުރުވެގެން ދާނެކަމުގައެވެ.

މޯޑީ ވިދާޅުވި ގޮތުގައި މި ގާނޫނުތަކުގެ ހަގީގީ ބޭނުމަކީ ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ކުދި ވިޔަފާރިތައް ބާރުވެރި ކުރުވުން ކަމަށާއި، އެހެންނަމަވެސް މިގާނޫނުތަކުން ދަނޑުވެރިންނަށް ލިބިގެންދާނެ ފައިދާތައް ފުރިހަމަޔަށް ދަނޑުވެރިންނަށް އަންގާ ދިނުމަށް އޭނާގެ ސަރުކާރު ފެއިލް ވެގެން ގޮސްފައިވާ ކަމުގައެވެ.

ދަނޑުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ގާނޫނުތައް އަބުރާ ގެންދިއުމަށް ނިންމަވާފައިވާކަން މޯޑީ އިއުލާން ކުރެއްވި ކުރެއްވުމަށް މަރުހަބާ ވިދާޅުވެ، ދަނޑުވެރިންގެ ހަރަކާތުގެ ލީޑަރު ދަރުޝާން ޕާލް ވިދާޅުވެފައިވަނީ، "މިއީ ދަނޑުވެރިންގެ ހަރަކާތައް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއް،" ކަމުގައެވެ.

"އެއް އަހަރުދުވަހުގެ ގޮންޖެހުންތަކަށްފަހު، 700 މީހުން ޝަހީދުވެ ދިއުމަށްފަހު، އަދި ބީޖޭޕީ ސަރުކާރުގެ އެތައް ފުރައްސާރައަކަށްފަހު، ދަނޑުވެރިންނަށް މިވަނީ ކާމިޔާބު ލިބިފަ،" ދަނޑުވެރިންގެ ހަރަކާތުގެ ލީޑަރު ދަރުޝާން ޕާލް ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published.