ދީނުގެ ހުރުމަތް ކަނޑާ މީހުން ޑީޕޯޓްކޮށްލުމުގެ ކުރިން، މޯޓިވް ދެނެގަތުމަށް ތަހުގީގް ކުރުމަށް އާދަމް ޝަރީފް ގޮވާލައްވައިފި

ދީނުގެ ހުރުމަތް ކަނޑާ މީހުން ޑީޕޯޓްކޮށްލުމުގެ ކުރިން، މޯޓިވް ދެނެގަތުމަށް ތަހުގީގް ކުރުމަށް އާދަމް ޝަރީފް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
08 ޑިސެމްބަރ 2021 09:39
0

ރާއްޖޭގައި އިސްލާމީ ވަހުދަތު ގެއްލޭގޮތަށް އަމަލުކުރާ މީހުން ޑީޕޯޓްކޮށްލުމުގެ ކުރިން އެކަން ތަހުގީގްކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.

ގއ.ކޮނޑޭ ސްކޫލުގައި ކިޔަވައި ދެމުންދާ އިންޑިއާ ޓީޗަރަކު، ކީރިތި ޤުރުއާން ބިންމައްޗަށް އެއްލާލި މައްސަލާއި ގިނަބަޔަކު ނުރުހުން ފާޅު ކުރަމުންދާއިރު، އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ވަހުދަތު ގެއްލޭގޮތަށް ހިންގަމުންދާ ކަންކަން ތަހުގީގު ކުރުމަށާއި، އިސްލާމްދީނުގެ ހުރުމަތް ކަނޑާ މީހުން ޑީޕޯޓްކޮށްލުމުގެ ކުރިން އެކަންކުރުމުގެ މޯޓިވް ދެނެގަތުމަށް ތަހުގީގް ކުރުމަށް ގޮވާލައްވާކަމަށެވެ.

އިސްލާމް ދީނުގެ ހުރުމަތް ކެނޑުމަކީ ނުރައްކަލެއް.

– އާދަމް ޝަރީފް ޢުމަރު

މިމައްސަލަގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ކަމާއިބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. ގއ. ކޮނޑޭ ސްކޫލުގެ ގްރޭޑް 4 އަދި 5 ގެ ދަރިވަރުންގެ ކްރިއޭޓިޗް އާޓް ގަޑީގަ އިންޑިއާ ޓީޗަރު ޤުރުއާނަށް އިޝާރާތްކޮށް ބުނެފައިވަނީ އެއީ ނަރަކަވެރި ފޮތެއް ކަމަށާއި އެފޮތާއި ދުރުވެ، ސުވަރުގެވަންތަ ފޮތާއި ގާތްވާން ޖެހޭ ކަމަށެވެ.

އިންޑިއާ ޓީޗަރުވަނީ ޚަތިމް ބިންމައްޗަށް އެއްލާލުމަށްފަހު ކުދިން ލައްވައި ކްރިމަސް ޓްރީ ހަދާފައެވެ. ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ރާއްޖޭގައި އުޅޭ އައިރު މުސްލިމުންގެ ދުވަސް ކޮންމެވެސް ގޮތަކަށް ފާހަގަ ކުރެވޭތޯ މަސައްކަތް ކުރެއެވެ. ކްރިމަސްޑޭ ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ފާހަގަ ކުރުމުގެ މައްސަލައަކީ މިދުވަސްވަރު ކޮންމެ އަހަރަކުވެސް ނިކުންނަ މައްސަލައެކެވެ.

ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.