ކޯޓުތަކަށް އިޚްތިރާމް ކުރައްވައި، އެއްބާރުލުން ދެއްވި ހަމައެކަނިވެރިއަކީ ރައީސް ޔާމީން: ޝިޔާމް

ކޯޓުތަކަށް އިޚްތިރާމް ކުރައްވައި، އެއްބާރުލުން ދެއްވި ހަމައެކަނިވެރިއަކީ ރައީސް ޔާމީން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2021 11:13
0

ރާއްޖޭގެ ޝަރުއީ ދާއިރާއަށް ފުރިހަމައަށް އިތުބާރު ކުރައްވައި، ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވި ހަމައެކަނި ވެރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައްޖޭގެ ޝަރުއީ ދާއިރާއަށް ކުރަންޖެހޭ ފުރިހަމަ އިތުރުބާރު ކުރައްވާ ހަމައެކަނި ރައީސަކީ ރައީސް ޔާމީންކަމަށެވެ. ނުހައްގުން އެތައް ދައުވާއެއް އުފުލައި ދުވާލު ހަތަރުދަމު ކޯޓުތަކުގައި އިންނަން ޖެހުނު ކަމުގައި ވީނަމަވެސް އެކަމަށް އެއްވެސް އިއުތިރާޒެއް ނުކުރައްވައި ރައީސް ޔާމީން ފުރިހަމަ އެއްބާރުލުން ދެމުންދާކަމަށެވެ. މިކަން ކުރައްވަން މިހާތަނަށް ކުރައްވަން ކެރުނު އެއްވެސް ރައީސެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއަދު ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމައި ފަނޑިޔާރުންގެ ތައުރީފް ރައީސް ޔާމީނަށް ލިބެމުންދަނީ އެމަނިކުފާނުގެ ސާބިތުކަމުގެ ސަބަބުންކަމަށް ޝިޔާމް ވިދާޅުވިއެވެ. ކޮންމެ އަޑުއެހުމަކަށް ގޮވާލިޔަސް ބަރާބަރު ގަޑިއަށް ވަޑައިގަންނަވައި ކޯޓުތަކަށް އެއްބާރުލުން ދެއްވުމަކީ އެމަނިކުފާނު ރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރައްވާ އިހުތުރާމު ދައްކުވައިދޭ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ މިޤައުމުގައި އެމަނިކުފާނުގެ ޒިންމާ އޮތްކަން ގަބޫލު ކުރައްވާ ވެރިއެއް. ވެރިކަން ފޭބުމަށްފަހުވެސް އެމަނިކުފާނުގެ ޒިންމާ އަދި ނުނިމޭ. އެމަނިކުފާނުގެ ޚިދުމަތް ރައްޔިތުންނަށް ބޭނުންވާކަން ގަބޫލު އެބަކުރައްވާ. ކޯޓުތަކަށް އެމަނިކުފާނު ކުރައްވާ އިހުތިރާމް ކުރެއްވި ވެރިއެއްނެތް. ހުރިހާ ފަނޑިޔާރުންވެސް އެކަމާއި އެއްބަސްވޭ.

– ޝިޔާމް ވިދާޅުވިއެވެ.

ޝީޔާމް ވިދާ ރައީސް ޔާމީން ފިއްލަވާނޭކަމަށް މިސަރުކާރުން ތުހުމަތުކޮށް ކުރައްވާ ކަންކަމަކީ އެއްވެސް ރައްޔިތަކު މިއަދު ގަބޫލު ކުރައްވާނެ ކަމެއް ނޫންކަމަށެވެ. ރައީސް ޔާމީން ރާއްޖެ ދޫކޮށް ވަޑައި ނުގަންނަވާނެކަން އެންމެ ސާފުކޮށް އެގޭނެ ބޭފުޅަކީ ހޯމް މިނިސްޓަރ އިމްރާންކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަޅުގަނޑަށް ހަމަޔަގީން ރައީސް ޔަމީނަކީ ޓަގު ބޯޓަކަށް އަރައި ވަޑައިގެން އަމުދުން ވަޑައިގަންނަވާނެ ބޭފުޅެއްނޫން. އެކަމަކު އެބޭފުޅުން ޓަގު ބޯޓަކަށް އަރައިގެން ފިލިބޭފުޅަކާއި، ރައީސް ޔާމީން އެއްވަރުކޮށްގެން މިއުޅެނީ. ރައީސް ޔާމީނަކީ މުޅިގައިގަ ހުދުފޮތި އޮޅައިގެން މާސިއްޚީ ހާލަތު ދަށްކަމަށް ދައްކައިގެން ޖަރުމަނަށްވެސް ވަޑައިގަންނަވާނެ ބޭފުޅެއްނޫން ރައީސް ޔާމީނަކީ.

– ޝިޔާމް ވިދާޅުވިއެވެ.

ދައުލަތުން ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހެއްޓުމަށް އެދިފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރި ފައިސާއަށް ޚިޔާނާތްތެރިވި ތުހުމަތުގައި އުފުލާފައިވާ ދައުވާގެ ތެރެއިންނެވެ. މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީލޯންޑްރިން އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

މިމައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކުރެއްވުމަށްފަހު މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ޤާޞީ ޙަސަން ޝަކީލް ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުމަށް ހުށައެޅި ހުށައެޅުމުގައި ރައީސް ޔާމީން ރާއްޖެ ދޫކޮށް ފުރާފާނެކަމަށްބެލެވޭ އެއްވެސް ހެއްކެއް ބަޔާންކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ވުޖޫދުގައި ނެތް ޕާސްޕޯޓެއް ހިފެހެއްޓަންޖެހޭ ޤާނޫނީ ސަބަބެއް އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.