އުކުޅަހުގައި ކްރިމަސްޑޭ ފާހަގަ ކުރަން އުޅެނިކޮށް ރައްޔިތުން ނިކުމެ ހުއްޓުވައިފި

އުކުޅަހުގައި ކްރިމަސްޑޭ ފާހަގަ ކުރަން އުޅެނިކޮށް ރައްޔިތުން ނިކުމެ ހުއްޓުވައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އުކުޅަހު ގެސްޓު ހައުސްއެއްގައި ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާހަގަ ކުރަން އުޅެނިކޮށް ރައްޔިތުން ނިކުމެ އެކަން ހުއްޓުވައިފިއެވެ.

ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ގިނަ އަދަދެއްގެ ޓުވަރިސްޓުން މިދުވަސްވަރު ރާއްޖެ ދަނީ އަންނަމުންނެވެ. ކްރިމަސްޑޭ ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ފާހަގަ ކުރުމުގެ މައްސަލައަކީ މިދުވަސްވަރު ކޮންމެ އަހަރަކުވެސް ނިކުންނަ މައްސަލައެކެވެ.

އުކުޅަހުގެ ގެސްޓު ހައުސްއެއްގައި ކްރިމަސްޑެ ފާހަގަ ކުރަން ކްރިސްމަސް ގަހެއް ބަހައްޓައި ލަވަޖަހައި ގެސްޓުންތަކެއް އުޅެނިކޮށް އެކަން ހުއްޓުވުމަށް ކައުންސިލުން އެންގައި ފުލުހުން މަސައްކަތް ކުރުމުންވެސް އެކަން ނުހުއްޓުމުން އެންމެ ފަހުން ރަށުގެ ރައްޔިތުން ވަނީ ނިކުމެ އެގަސް ނަގައި އެކަން ހުއްޓުވާފައެވެ.

ރާއްޖޭގެ މިހާރު ލޯކަލް ޓުވަރިޒަމްވެސް ފުޅާވެފައި އޮތުމާއިއެކު ބައެއް ލޯކަލް ޓުވަރިޒަމް އޮތް ރަށްތަކުގައިވެސް މީގެ ކުރީ އަހަރުގައި މިދުވަސް ފާހަގަކުރަންއުޅުންު ވަނީ އެކަން ނުކުރުމަށް އެރަށްތަކުގެ ކައުންސިލުން ވަނީ އަންގާފައެވެ.

ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.