ކްރިސްމަސް ފާހަގަކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި

ކްރިސްމަސް ފާހަގަކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި

Author
އައިޝަތު އަޙްމަދު
24 ޑިސެމްބަރ 2023 08:21
0

ކްރިސްޓިއަން ދީނުގެ ފެސްޓިވަލެއް ކަމަށްވާ ކްރިސްމަސް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ފާހަގަ ކުރާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ. މި އިންޒާރު ފުލުހުން ދިނީ މިރޭ ނެރުނު ބަޔާނެއްގައެވެ.

ފުލުހުން ބުނީ ކްރިސްމަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިޔުމަށް އިލްތިމާސްކުރާކަމަށާއި، މިއީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުން މަނާ ކަމެއްކަމަށެވެ.

ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، މިފަދަ ހަރަކާތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.

– ފުލުހުން ނެރުނު ބަޔާޏުގައިވެއެވެ.

މީގެ ކުރިންވެސް ލޯކަލް ޓޫރިޒަމް ހިންގާ ބައެއް ރަށްރަށުގައި ކްރިސްމަސް ފާހަގަކޮށްގެން ފުލުހުން ހުއްޓުވާފައިވެއެވެ. މިއީ މި ދުވަސް ފާހަގަކުރުމަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ ދުވަސްވަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.