ނިއުކުލިއަރ މަޝްރޫއުގެ މަޝްވަރާތަކަށް ކުރިއެރުން ނުލިބި، ރެކޯޑް މިންވަރަކަށް އިރާންގެ ފައިސާގެ އަގު ވެއްޓިއްޖެ

ނިއުކުލިއަރ މަޝްރޫއުގެ މަޝްވަރާތަކަށް ކުރިއެރުން ނުލިބި، ރެކޯޑް މިންވަރަކަށް އިރާންގެ ފައިސާގެ އަގު ވެއްޓިއްޖެ

Author
ހުސެއިން
06 ޑިސެމްބަރ 2021 08:00
0

ވިއެނާގައި މިހާރު ކުރިޔަށްދާ އިރާނުގެ ނިއުކުލިއަރ މަޝްރޫއާއި ގުޅޭ މަޝްވަރާތަކަށް ކުރިއެރުން ނުލިބި، މިހާރުވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރާނުގެ ފައިސާގެ އަގު ރެކޯޑް މިންވަރަކަށް ވެއްޓިއްޖެއެވެ.

މިގޮތުން މިހަފްތާގެ ހޮނިހިރު ދުވަހު، އިރާނުގެ ފައިސާއިން ޑޮލަރަކަށް ޖެހޭ އަގުވަނީ 300،000 ރިއާލްއަށް އަރާފައެވެ. މި މިންވަރަށް އިރާނުގެ ފައިސާގެ އަގު އެންމެ ފަހުން ވެއްޓިގެން ދިޔައީ 2020ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ޑޮލަރު މާރކެޓަށް އަންނަމުންދާ ބަދަލުތަކާއެކު، ތެހެރާންގެ ސެންޓަރަލްގެ ކަރަންސީ އެކްޗޭންޖް ތަކުން ހޮނިހިރު ދުވަހު ވަނީ ޑޮލަރު ވިއްކުން މަޑުވެސް ޖައްސާލާފައެވެ.

2015ވަނަ އަހަރުގެ ނިއުކުލިއަރ އެއްބަސްވުން އަލުން އިއާދަކުރުމަށް އިރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު ކުރެވެމުންދާ މަޝްވަރާތައް އޮސްޓްރިއާގެ ވިއެނާގައި އަލުން ފެށިގެން ވަނީ ކުރިޔަށް ދާން ފަށާފައެވެ. އެހެންނަމަވެސް މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނައިސް ހުކުރު ދުވަހު އަނެއްކާވެސް މި ބުރުގެ ވާހަކަތައް ވަނީ ނިންމާލެވިފައެވެ.

ދެން އަންނަ ބުރުގެ ވާހަކަތައް ފޭށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ.

ނިއުކުލިއަރ މަޝްރޫއުގެ މަޝްވަރާތަކަށް ކުރިއެރުން ނުލިބި، ރެކޯޑް މިންވަރަކަށް އިރާންގެ ފައިސާގެ އަގު ވެއްޓިއްޖެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.