ފިނޮޅުތަކަށް ދަތުރުދާ މީހުން ދޫނިތަކާއިވެސް އެކީގައި މޫދަށް އެރި އުޅުއްވާ: ރައީސް ނަޝީދު

ފިނޮޅުތަކަށް ދަތުރުދާ މީހުން ދޫނިތަކާއިވެސް އެކީގައި މޫދަށް އެރި އުޅުއްވާ: ރައީސް ނަޝީދު

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2020 09:20
0

ރާއްޖޭގެ ފިނޮޅުތަކަށް ދަތުރުދާ މީހުން ދަތުރުގޮސް އުޅުއްވާއިރު، ރާއްޖޭގެ ވެށީގައި އުޅެމުންދާ ދޫނިތަކަށް ގެއްލުން ނުވާނޭހެން އަމަލުތައް ބެހެއްޓުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ވެށީގައި އުޅޭ ދޫނިތަކަށް ވަރަށް ތަނަވަސްކަމާއިއެކު އުޅެ، ވިހާއާލާވެ ބިސް އެޅުމަށް ފުރުސަތު ފަހިވެފައިވާކަމަށެވެ. ފަޅުރަށްތަކަކާއި، ފޮނޮޅުތަކުގައި ދޫނިތައް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ދޫނިތައް ހިމާޔަތްކުރުމަކީވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ތިބޭފުޅުންނަށް ފެނިވަޑައި ގަންނަވާނެ މިހާރު ރާއްޖޭގެ ގިނަ ތުޑިތަކުގައާއި، ފިނޮޅުތަކުގައި ވަރަށް ދޫނި ގިނަ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އެދޭކަމަކީ ފިނޮޅުތަކަށް މޫދަށް އެރެން ވަޑައިގަންނަވާއިރުގައި، އެދޫނިތަކަށްވެސް ބައްލަވާލައްވައި، އެދޫނިތައް އެތާ ބިއްބަސް، ފުރަތަމަ އަރުއްވާ ގޮތަށް އަރާ ފިނޮޅުވަށާ ބުރެއް ޖައްސަވާ ހުރިއްޔާ ހުރި ރިދައްޏެއް ނަންގަވާ އެބާވަތުގެ ކަންކަން ނުކުރައްވާ، ދޫނިތަކާއިވެސް އެކީގައި މޫދަށްއެރި އެޅުއްވުމަށް އަޅުގަނޑު ވަރަށް އެދެން.

– ރައީސް ނަޝީދު

ރައީސް ނަޝީދު ވަނީ ދަތުރުގޮސް ހަދާ ފަރާތްތަކުންވެސް ދޫނިތަކަށް ގެއްލުންނުވާނެހެން އުޅުއްވުމަށް ތަކުރާރުކޮށް ދަންނަވާފައެވެ. އަދި މިދުވަސްކޮޅު ދޫނިތައް އިތުރުވުމަކީ ރާއްޖޭގެ ވެއްޓަށް އޮތް ވަރަށްބޮޑު އުފާވެރިކަމެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.