ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް މެންބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަތޮޅުތެރޭގެ ރަށްތަަކަށް އަނެއްކާވެސް ދަތުރު ފަށައިފިއެވެ.
މިގޮތުން އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށް ކުރާ ދަތުރުގެތެރެއިން މިއަދު ފުރާފައިވަނީ ހުވަދު އަތޮޅަށެވެ. އެމްއެންޕީން ހުވަދު އަތޮޅަށް ކުރާ ދަތުރުގެ ތެރެއިން ޑޯޓުޑޯ ހަރަކަތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެންޕީން މިހާތަނަށް ވަނީ 10،000 މެންބަރުން ހަމަކޮށްފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް އުފެއްދި ސިޔާސީ ޕާޓީތަކުގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި މިހާގިނަ އަދަދެއްގެ މެމްބަރުން ހަމަކުރި ޕާޓީއެވެ. އެމްއެންޕީ އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ފާއިތުވެދިޔަ 43 މަހެއްހާ ދުވަހުގެ ތެރޭގައި އެޕާޓީން މިވަނީ 10،000 މެމްބަރުން ހަމަކޮށްފައެވެ.
އެމްއެންޕީގެ ރައީސް އަދި ލީޑަރޝިޕް ހުވަދު އަތޮޅަން ކެރަނެ ދަތަރަން ހުރުމުގެ ކުރިއެން#MNPTrips #MNPSouthRegion #MNPHuvadhoo pic.twitter.com/QamlFl0a49
— Maldives National Party (@MNP_Secretariat) December 3, 2021
އެމްއެންޕީގެ މި ދަތުރަކީ އެޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެމްއެންޕީން ބުނެފައިވަނީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައެވެ. އެމްއެންޕީއަކީ ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވާ އެންމެ ހަނގު ސިޔާސީ ޕާޓީއަށް ވިޔަސް އެޕާޓީގައި ސިޔާސީ ގޮތުން ތަޖުރިބާ ހުރި ގިނަ ބޭފުޅުން ހިމެނި ވަޑައި ގަންނަވައެވެ.
މީގެ އިތުރުން ޖޭޕީއަށް މެންބަރުން އިތުރުކުރުމަށް އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން މިއަދު ގޮސްފައިވަނީ ކ.ކާށިދޫއަށެވެ.
ޖުމްހޫރީ ޕާޓީގެ ކަނބަލުން އިސްނަންގަވައިގެން ޕާޓީ ރޫހު އާލާކުރުމާއި ޕާޓީ ކުރިއެރުވުމަށް ފަށާފައިވާ ރަށުދަތުރު ތެރެެއިން މިއަދު ކ.ކާށިދޫ އަށް ކުރާ ދަތުރު. މިދަތުރުގައި 10ކަނބަލުން ބައިވެރިވޭ. ދަތުރު ލީޑްކުރައްވަނީ ނައިބުރައީސް ސައުދު އަދި އެސްޖީ އަލީ އާރިފް. pic.twitter.com/MJDXxmZn3O
— JP Secretariat (@JPSecretariat) December 3, 2021
ޖޭޕީން ބުނީ، އެޕާޓިގެ ކަނބަލުން އިސްނަންގަވައިގެން ޕާޓީ ރޫހު އާލާކުރުމާއި ޕާޓީ ކުރިއެރުވުމަށް ފަށާފައިވާ ރަށުދަތުރު ތެރެެއިން މިއަދު ކ.ކާށިދޫ އަށް ދަތުކުރާކަމަށެވެ. މިދަތުރުގައި 10ކަނބަލުން ބައިވެރިވާކަމަށާއި، ދަތުރު ލީޑްކުރައްވަނީ ނައިބުރައީސް ސައުދު އަދި އެސްޖީ އަލީ އާރިފްކަމަށްވެސް ޖޭޕީން ބުންޏެވެ.
ކޯވިޑް-19 އާއި ގުޅިގެން ސިޔާސީ މަސައްކަތްތައް މަޑު ޖައްސާލުމަށްފަހު މިހާރު އަނެއްކާވެސް ޖޭޕީގެ ސިޔާސީ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން އެޕާޓީން ދަނީ ހަރުގެ ޖަލްސާތަކާއި، ބައްދަލުވުންތައްވެސް ބާއްވަމުންނެވެ.
ކޮމެންޓު ފޮނުވާ