ޤަވާއިދާއި ޚިލާފަށް ބޭރުފައިސާ ގަނެވިއްކާ ދެ ބިދޭސީއަކު ހޯދަނީ

ޤަވާއިދާއި ޚިލާފަށް ބޭރުފައިސާ ގަނެވިއްކާ ދެ ބިދޭސީއަކު ހޯދަނީ

Author
މުޙައްމަދު ޖިމީ
01 ޑިސެމްބަރ 2021 06:05
0

ޤަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތްކޮށް، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ފައިސާ ރާއްޖެއިން ބޭރުކުރާ މައްސަލައެއްގައި ދެ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކައި، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު އިޤްބާލް ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544) ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން އެދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޤަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތްކޮށް، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ފައިސާ ރާއްޖެއިން ބޭރުކުރާ މައްސަލައެއްގައި ދެ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކޮށްފައިވާއިރު، މީގެ ކުރިންވެސް ކަޅުބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރަމުން ދިޔަ ދެ ބޮޑުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުންވެސް ވަނީ މުއްދަތު ޖަހައިދީފައެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝަންއަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ ރަބީއުﷲ ނަމަކަށްކިޔާ މީހަކާއި، ޢުމުރުން 31 އަހަރުގެ މުޙައްމަދު ފިރުދައުސް ނަމަކަށްކިޔާ މީހެކެވެ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.