އަޖޭ ދޭވްގަން އާއި އަމިތާބް ބައްޗަންގެ ފިލްމް "މޭޑޭ"ގެ ނަން "ރަންވޭ 34″ އަށް ބަދަލުކޮށްފިއެވެ.
މި ބަދަލާއެކު މި ތަރިންގެ ވަކިވަކި ޕޯސްޓަރު ތަކެއް ވެސް ވަނީ އާންމު ކޮށްފައެވެ.
އަޖޭ ޑައިރެކްޓް ކުރާ މި ފިލްމުގެ ވަކިވަކި ޕޯސްޓަރުތަށް އާންމު ކުރިއިރު މި ފިލްމުގެ ނަން ބަދަލު ކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމަކީ އަޖޭ ޑައިރެކްޓް ކުރާ 3 ވަނަ ފިލްމެވެ.
ފިލްމުން އަޖޭ އާއި އަމީތާބްގެ އިތުރުން މުހިންމު ރޯލަކުން ރަކުލް ޕްރީތު ސިންގް ވެސް ފެނިގެން ދާނެއެވެ.
MayDay is now Runway 34. A high-octane thriller inspired by true events that is special to me, for reasons more than one! #Runway34 – Landing on Eid, April 29, 2022, as promised ????@SrBachchan @Rakulpreet @bomanirani @CarryMinati @aakanksha_s30 @angira_dhar @ADFFilms pic.twitter.com/FSP3hYF0o8
— Ajay Devgn (@ajaydevgn) November 29, 2021
އަޖޭ ވަނީ އާ ޕޯސްޓްރުތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ހިއްސާވެސް ކޮށްފައެވެ. އަޖޭއަކީ ފިލްމުގެ ލީޑް އެކްޓަރުގެ އިތުރުން ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ވެސް މެއެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މިފިލްމަކީ އަޖޭ އާއި ރަކުލް އެކުގައި ފެންނިގެންދާނެ 2 ވަނަ ފިލްމެވެ. މީގެ ކުރިން މި ދެތަރިން އެކުގައި ފެނިގެން ދިޔައީ 2018 ވަނަ އަހަރުގެ ފިލްމު "ދޭދޭ ޕިޔާރްދޭ" އިންނެވެ. މީގެ އިތުރުން އަޖޭ އަމީތާބާއެކު އެންމެ ފަހުން ފެނުނީ މީގެ 7 އަހަރު ކުރިން "ސައްތިޔަގްރަހާ" އިންނެވެ.
މި ފިލްމު ރިލިޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ ޢީދާއި ދިމާކޮށް އޭޕްރީލް މަހުގެ 29 ވަނަ ދުވަހަށެވެ. މިއީ ފިލްމުގެ މަސައްކަތް ފެށިއިރުވެސް ކަނޑައަޅާފައިވާ ތާރީހެވެ.