"ރާއްޖޭގެ ސިޔާދަތީ ބާރު، އޮޔާ ދިޔަޔަސް އެމްޑީޕީ މެމްބަރުންނަށް މައްސަލައެއް ނެތްކަން ހާމަވެއްޖެ"

"ރާއްޖޭގެ ސިޔާދަތީ ބާރު، އޮޔާ ދިޔަޔަސް އެމްޑީޕީ މެމްބަރުންނަށް މައްސަލައެއް ނެތްކަން ހާމަވެއްޖެ"

Author
މުޙައްމަދު ޝަޒައިމް
29 ނޮވެމްބަރ 2021 09:38
0

ރާއްޖޭގެ ސިޔާދަތީ ބާރު، އޮޔާ ދިޔަޔަސް އެމްޑީޕީ މެމްބަރުންނަށް މައްސަލައެއް ނެތްކަން ހާމަވެއްޖެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަމެއް ހިމެނޭތޯ ބަލައިދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު ޢާދަމް ޝަރީފު ހުށަހަޅުއްވި މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކޮށް މިޖަލްސާގައިވަނީ އެ ރިޕޯޓް ފާސްކޮށްފައެވެ.

މި ރިޕޯޓު މިއަދު ބޭއްވި ޖަލްސާގައި 241 ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވަނީ 53 މެންބަރުންގެ ވޯޓުންނެވެ. ރާއްޖެ އާއި އިންޑިއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241) އިން ނިންމާ ތައްޔާރުކުރި ރިޕޯޓަށް މެންބަރު އާދަމް ޝަރީފް ވަނީ 13 ހުށައެޅުމަށް ހުށައަޅާއެވެ. ނަމަވެސް އެންމެ އިސްލާހެއްވެސް ފާސްވެފައި ނުވެއެވެ.

މިކަމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިއަދަކީ ދިވެހިންގެ މިނިވަންކަން އޮޔާ ދިޔަކަމުގައި ވީނަމަވެސް އެއްވެސް މައްސަލައެއް ނެތްކަން ހާމަވި ދުވަހެއްކަމަށެވެ. އެކަން ހާމަކޮށްދިނީ މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުން ކަމަށާއި، އެމެމްބަރުންގެ އެއްވެސް ކަންބޮޑުވުމެއް އިންޑިއާ ސިފައިންނާއި، އިންޑިއާގެ އަސްކަރީ ބާރުތައް ރާއްޖޭގައި ތިބި ތިބުމާއިމެދު ނެތުމަކީ ޤައުމުގެ މިނިވަންކަން އޮޔާ ދިޔަ ކަމުގައިވީނަމަވެސް އެބޭފުޅުންނަށް މައްސަލައެއް ނެތްކަން ހާމަވާ ކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރު އޮތްކަން ހާމަވި ދުވަހެއް. އެމްޑީޕީ އިން ވޯޓު ނުދެއްވުމަކީ ކޮންބޮޑުވާކަމެއް. އެގްރީމަންޓްތަކާއި ބެހޭ ގޮތުން ހުށަހެޅި އެއްވެސް ކަމެއް ފާސް ނުވުމަކީ ރާއްޖޭގެ ސިޔާދަތީ ބާރުތަށް އޮޔާ ދިޔަޔަސް، ބައެއް މެމްބަރުންނަށް އެންމެ ރަނގަޅުކަމަށް ހާމަވާކަމެއް.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

މި އިސްލާހުތަކަށް މިއަަދުގެ ޖަލްސާގައި ވަނީ ވަކިވަކިން ވޯޓަށް އަހާފައެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން ވަނީ އެ ހުރިހާ އިސްލާހުތައް ފެއިލްކޮށްލާފައެވެ. އިސްލާހުތަކަށް ވޯޓް ދެއްވީ ޕީޕީއެމް-ޕީއެންސީގެ ހަ މެންބަރުން އެކަންޏެވެ.

މިނިވަން ކަމުގެ ދިފާއުގައި ދިވެހީން" އަދި "އިންޑިއާ މިލިޓަރީ އައުޓް" ފަދަ ޝިއާރުތަކުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ގެންދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި އިންޑިއާ ސިފައިން ބާލަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

E E kaNbaa
dhai dholhi kaleyah bodee siyaadhathee baaru dhw.. kaley defense minister akah super majority aaeku nuvikameh.. kale ah bodu kamakah nuveytha kaleyge fasaadhain gaumuge ijuthimaaee feyraan veedhi halaaku vedhiun.. magaamu hodhumah dhoga makaru allah gandhee huvaakohfa .. faahaana thashimathee idhe kudaa koh visnaalabala Dhuvahakuves thaubaa eh nuveveyne .. visna fikuru kohbala madhamakanneyge kale lo maralanee