އިންޑިއާ ކިބައިން ޤައުމު ސަލާމަތްކުރަން ޝަހީދު ހުސައިން އާދަމް ފަދަ ދަރިން ބޭނުންވޭ: މޮސްޓާ

އިންޑިއާ ކިބައިން ޤައުމު ސަލާމަތްކުރަން ޝަހީދު ހުސައިން އާދަމް ފަދަ ދަރިން ބޭނުންވޭ: މޮސްޓާ

Author
މުޙައްމަދު ޖިމީ
03 ނޮވެމްބަރ 2020 11:00
0

ހަނގުރާމައަކަށް ނުދިޔަނަމަވެސް ރާއްޖެ މިއަދު މިވަނީ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭން، ޝަހީދު ޙުސައިން އާދަމް ފަދަ ދަރިންތަކަކަށް ބޭނުންވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ 32 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މެންބަރު ނަޝީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ޝަހީދު ޙުސައިން އާދަމްގެ ހަނދާންތައް އައުކޮށް، އެއީ ޤައުމީ ބަޠަލެއްކަމަށާއި، އެއީ ތިލަދުންމަތީގެ ފަޚުރެއްކަމަށް ވިދާޅުވެފައެވެ. އަދި ޝަހީދު ޙުސައިން އާދަމް އަކީ ކުޅުދުއްފުށީގެ ރަމްޒެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.

އެއަށްފަހު މެންބަރު ނަޝީދު ވިދާޅުވީ، މިއަދުވެސް ހަނގުރާމައަކާ ހަމައަށް ނުދިޔަނަމަވެސް ޤައުމު މިވަނީ މާ ހެޔޮއެދޭކަމަށް ދައްކައިގެން މިޤައުމަށް ފާވެގެންފައިވާ އިންޑިއާއޭ ކިއުނު ބައެއްގެ އަޅުވެތިކަމުން ސަލަމަތުގެ އައްސޭރިއަކަށް ގެންގޮސްދޭނެ ޝަހީދު ޙުސައިން އާދަމް ފަދަ ދަރިންތަކަކަށް ބޭނުންވެފައިކަމަށެވެ.

ޤައުމަށް ޣައްދާރުވަމުންދާ ބައެއްގެ ތައްޕާހުން އުޅޭ މަދު ބަޔަކު ޤަބޫލުނުކުރިއަސް 3 ނޮވެމްބަރު 1988 ގެ ޝަހީދުންގެ އަގު މި ފަސްގަނޑާ މިފަސްގަނޑުގަ ދިރިއުޅޭ ގިނަ ރައްޔިތުން ޝުކުރުވެރިކަމާއެކު ޤަބޫލުކުރޭ.

-ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ

އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒް ފޯރުވަމުން އަންނަކަމަށް ތުހުމަތުކޮށް މެންބަރު ނަޝީދު ގެންދަވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ފަޑުވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.