ވެސްޓް ހޭމް ބަލިކޮށް މެންޗެސްޓަރ ސިޓީ ދެ ވަނައަށް

ވެސްޓް ހޭމް ބަލިކޮށް މެންޗެސްޓަރ ސިޓީ ދެ ވަނައަށް

Author
ޔޫސުފް
29 ނޮވެމްބަރ 2021 10:23
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓަރ ސިޓީން ދެ ވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވެސްޓް ހޭމްގެ މައްޗަށް ސިޓީ ކުރިހޯދީ 1-2 ގެ ނަތިޖާއަކުންނެވެ.

މޫސުން ގޯސްވެ ސްނޯ ވެހެމުންދިޔަ ވަގުތު ކުޅުނު މި މެޗުގައި މޮޅު ކުޅުމެއް ދެއްކީ ސިޓީންނެވެ. އެގޮތުން ސިޓީން ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އިލްކާއި ގުންޑޮގާންއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެ، ގިނަ ހަމަލާތައް އުފެއްދީވެސް ސިޓީންނެވެ. ސިޓީގެ ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ފެނާންޑީނިއޯއެވެ. ވެސްޓް ހޭމުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ، މަނުއަލް ލަންޒީނީއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން ހޯދި 29 ޕޮއިންޓާއެކު ސިޓީ އޮތީ ދެ ވަނައިގައެވެ. އެއް ވަނައިގައި އޮތް ޗެލްސީއަށް 13 މެޗު ކުޅެ ނިމުނުއިރު ލިބުނީ، 30 ޕޮއިންޓެއެވެ. ލީގުގެ ތިންވަނައިގައި ލިވަޕޫލް އޮތީ 13 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.