ނޮވެމްބަރު 3: ހައިލަމްގެ މި ޕޯސްޓަރު މަތިން ހަދާން އެބަހުރިބާ؟

ނޮވެމްބަރު 3: ހައިލަމްގެ މި ޕޯސްޓަރު މަތިން ހަދާން އެބަހުރިބާ؟

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2020 06:44
0

ވައިބާ ގުރޫޕަކަށް ލެއްވި ކުރެހުމެއްގެ ސަބަބުން ގާޒީއަކަށް މިހާތަނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އަދަބު ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމަށް މިވަނީ ލިބިވަޑައިގެންފަ އެވެ.

މިދިޔަ އަަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާކިޔައި ޤާޒީ ހައިލަމް ވަނީ އޭނާއަށް ލިބިވަޑައިގެންނެވި ފޮޓޯއެއް "ސީސީއާރުސީ އެކުވެރިންގެ ދަރުބާރު" ވައިބާ ގްރޫޕަށް ހިއްސާކޮށްފައެވެ. އޭނާ މި ފޮޓޯ ހިއްސާ ކުރެއްވިއިރު، އެ ފޮޓޯގައި ތިއްބެވި ބޭފުޅުންނަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ނަމަވެސް ފަހުން އެފޮޓޯ އާންމުވެ ސޯޝަލް މީޑިޔާގައި ދައުރުވާން ފެށުމުން މިމައްސަލަޔަކީ ސުލޫކީ މައްސަލައެއް ކަމަށްބުނެ ޖޭއެސްސީން ވަނީ ހައިލަމް ފަނޑިޔާރުކަމުން ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އެކުރެހުން ހިއްސާ ކުރެއްވި އިރު އެކުރެހުމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި، މަޖިލިސް ރައީސް ނަޝީދު ހުންނެވިކަން ނޭގޭކަމަށް ހައިލަމް ވަނީ ބުނެފައެވެ. އަދި އެދެބޭފުޅުންގެ ކިބައިން ހައިލަމް ވަނީ މަޢާފަށްވެސް އެދިވަޑައިގެންފައެވެ.

ހައިލަމް ސަސްޕެންޑްކުރުމާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުމުގެ މަޖިލިސް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވީ ހައިލަމެވެ. ހުކުމް އިއްވުން ތާވަލްކޮށްފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ އެކެއް ޖަހާ އިރަށެވެ. ހައިލަމް ވަނީ އޭނާއަށް ޖޭއެސްސީން ކުރި ތުހުމަތުތަކާއި ގުޅިގެން ބަޔާނެއްވެސް ނެރުއްވާފައެވެ. އެބަޔާނުގައި ހައިލަމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް، ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަނެފައިވާކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީނަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ފެށުމާ އެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފޫޒު ފޯރުވަން ސަރުކާރުގެ އެކި ލެވެލްތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި އެވެ. ހައިލަމް ވިދާޅުވި ގޮތުގައި ޔާމީންގެ މައްސަލައާ ގުޅިގެން ނުފޫޒު ފޯރުވަމުން ދިޔަ ކަން ކްރިމިނަލް ކޯޓުގެ ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭ ކަމަށެވެ. އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތެއް ކަަމަށް ވިޔަސް އެކަން އެނގެން ނުޖެހޭނެ ކަން ހައިލަމް ވަނީ ވިދާޅުވެފައެވެ.

ހައިލަމް ހިއްސާ ކުރެއްވި ފޮޓޯއިން ފެނިގެންވަނީ ނޮވެމްބަރު 3 ގެ އެންމެ އިސް ދެ ޓެރަރިސްޓުން ކަމަށް ވާ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާ އެކު ހިލިހިލާ ޖަހާފައި ތިއްބާ ދައްކައިދޭ ކުރެހުމުގައި ހިމެނޭ އެހެން ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަނެ އެވެ. ކުރެހުމުގައި ހިމެނޭ މީހުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުންނަ ސިފައިންގެ މީހާ ވައްތަރުކޮށްފައި ވަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.