ޚާއްޞަ މަޤްޞަދުތަކަކާއެކު ފުލުހުންގެ އެސްޕީއާރް އެކުލަވާލައިފިއެވެ. ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ އެސްޕީއާރު ސޮއިކުރައްވާ ޢަންމުކުރައްވާފައެވެ.
މިއަދު ޢާންމުކުރި އެސްޕީއާރުގައް ހާސިލުކުރުމުގައި ހިފަހައްޓަން 8 ހަމައެއް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި އިސްލާމްދީނުގެ އުސޫލުތަކާއި ހަަމަތަކާއި، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަަރުކޮށްދޭ ހައްގުތައް ރައްކާތެރިކުރުމާއި މީހުންގެ އަބުރާއި ކަރާމަތާއި މުދަލަށް ރައްކާތެރިވުމާއި، ލާމަރުކަޒީ އުސޫލުތަކާއި، ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއާއި، ސަރުކާރުގެ އެހެން އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމާއި، އެހެން ގައުމުތަކުގެ ފުލުހުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ބަދަހިކުރުން ހިމެނެއެވެ.
އަދި މި މަޤްޞަދުތައް ޙާސިލްކުރުމަށް ސަމާލުކަން ދޭންޖެހޭ ދާއިރާތަކެއްވެސް ވެއެވެ. އޭގެތެރޭގައި ފުރާނައާއި މުދަލާއި ވެށީގެ ރައްކާތެރިކަމާއި، ކުށްމަދުކުރުމާއި، ތަހުގީގާއި، އިންޓެލިޖެންސްއާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ އިތުރުން ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި ކުށްކުރާ ޖަމާއަތްތައް ހުއްޓުވުން ހިމެނެއެވެ.
އެސްޕީއާރް އެކުލަވާލާ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ސޮއިކުރައްވާ ނެރުނު ބަޔާނުގައި ވަނީ މިއީ ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ އެންމެހާ ޒިންމާތަކާއި މައްސޫލިއްޔަތުތައް އަދާކުރުމުގެ މަސައްކަތް، ކަނޑައެޅޭ ވަކިތަރުތީބަކުން ރާވައިގެން ކުރިއަށްގެންދިޔުމަށްޓަކައި، ދާދި ފަހުން ޢަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ބާރުލިބިގެން މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ހައިސިއްޔަތުން ކަނޑައަޅާ، ލިޔުމުންފުލުހުންނަށް އަންގާ ސްޓްރެޓީޖިކް ޕޮލިސިންގ
ރިކުއަޔަރމަންޓެއްކަމަށެވެ. މި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް ކަނޑައެޅުމުގައި ރިއާޔަތްކޮށްފައިވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ރޫޙަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މިހާރުގެ ޙާލަތަށާއި، ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް މެދުވެރިވަމުންއަންނަ ގޮންޖެހުންތަކަށާއި، ދިވެހިރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުންއަންނަ ގޮތަށްކމަށް ބަޔާންކޮށްފައިވެއެވެ.
…ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމުކުރުމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަންކަން ޕްލޭންކޮށް ރޭވުމުގައި، ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ކޮމިޝަނަރ އޮފް ޕޮލިސް މަސައްކަތްކުރަންވާނީ މި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' ގައިވާ ކަންކަން ޙާސިލުކުރުމަށެވެ. ޤާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިންމާ މަތިކުރެވިފައިވާ ވަޒީރަކު މި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' މުރަޖަޢާކުރަންދެން ނުވަތަ މި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' ގެ ބަދަލުގައި މުޅިން އައު ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް ތަކެއް ކަނޑައަޅަންދެން ފުލުހުންގެ މަސައްކަތްތައް ރާވައިގެން ކުރިއަށްގެންދިއުމުގަ އާއި ފުލުހުންގެ ޚިދުމަތް ތަރުތީބުކުރުމުގައި ސަރުކާރުންދޭ އަސާސީ އިރުޝާދުކަމުގައި ބަލަންވާނީ މި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' ގައި ބަޔާންކުރާ ކަންކަމެވެ.
މީގެ އިތުރު އެ ބަޔާނުގައި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް ކަނޑައަޅާފައިވަނީ މިވަގުތުގެ ޙާލަތަށް ރިއާޔަތްކޮށްގެން ކަމަށްވާތީ ޙާލަތު އެހެން ގޮތަކަށް ބަދަލުވުމުން ނުވަތަ އެކަށީގެންވާ މުއްދަތު ފަހަނައަޅާ ދިއުމުން މި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' މުރާޖަޢާކުރުމަކީ މުހިންމު ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
އެސްޕީއާރް ޢާންމުކުރުމާއެކު ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ، މީގެ 8 އަހަރު ކުރިން ފުލުހުންގެ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ހިނގިއިރު ހުށަހެޅި މިހުށަހެޅުުން 2020 ގައި އެކުލަވާލެވުނު ގާނޫނުގައި ހިމެނި، ފުލުހުންގެ ކަންކަމަށް ޒިންމާވާ މިނިސްޓަރުގެ އެންމެ މަތީ އިރުޝާދުގެ ގޮތުގައި މިކަރުދާސް އެކުލަވާލެވުން މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ