1998 ވަނަ އަހަރު ނެރުނު ފިލްމް "ކުޗް ކުޗް ހޯތާހޭ" އަކީ ބޮލީވުޑްގެ ހުރިހާ ރެކޯޑްތަކެއް މުގުރާލި ފިލްމެކެވެ. އެ ފިލްމަކީ މިހާރުވެސް އެ ފިލްމެއްގެ ވާހަކަ އެންމެ ބޮޑަށް ދެކެވޭ އެއް ފިލްމު ވެސްމެއެވެ.
މި ފިލްމާއެކު ފިލްމުގެ ޑައިރެކްޓަރ ކަރަން ޖޯހަރުގެ ނަންވެސް މެދު އުޑުގައި ފިޔަޖަހައިގަތެވެ. އެއާއެކު ކަރަންގެ ފިލްމް ތަކަށް އަދި އެކަހަލަ ލޯބީގެ ފިލްމް ތަކަށް ލިބެމުންދިއަ ތަރުހީބު ބޮޑުވިއެވެ.
އެގޮތުން މިއަދު ކަރަން އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ. އަދި ހަމަ އެހެންމެ އޭނާގެ ފިލްމް ކުންފުނި ދަރްމާ ޕްރޮޑަކްޝަނުން ވެސް ފިލްމީ ދާއިރާއަށް ބޮޑު އިންގިލާބެއް ވަނީ ގެނެސްފައެވެ.
ދަރްމާ ޕްރޮޑަކްޝަނުން އަންނަނީ ފިލްމަކަށް ފަހު ފިލްމެއް އިއުލާން ކުރަމުނެވެ. އެގޮތުން އަނެއްކާވެސް އިތުރު ފިލްމެއް މިވަނީ އިއުލާން ކޮށްފައެވެ. މިފަހަރު ދަރްމާ އިން އިއުލާން ކުރީ "މިސްޓަރ އެންޑް މިސްއިޒް މާހީ" އެވެ. މި މި ފިލްމުން ފެނިގެން ދާނީ ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯއެވެ.
It takes a partnership of the hearts to achieve a dream!❤️????
Presenting #MrAndMrsMahi, a match made for the winning streak! Coming to cinemas near you on 7th October, 2022.___@karanjohar @apoorvamehta18 @RajkummarRao #JanhviKapoor #SharanSharma #NikhilMehrotra @somenmishra0 pic.twitter.com/FoP6NrS6Ak
— Dharma Productions (@DharmaMovies) November 22, 2021
އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓްކުރަނީ ކާމިޔާބު ފިލްމު "ގުންޖަން ސަކްސޭނާ" ޑައިރެކްޓްކުރި ޝަރަން ޝަރްމާއެވެ.
ދަރްމާއިން ދައްކާލި ފިލްމުގެ ފްސްޓް ލުކަށް ބަލާއިރު ބޮޑަށް ލަފާކުރެވެނީ މި ފިލްމަކީ ކްރިކެޓްގެ ތެރެއިން ލޯބީގެ ކަންތައްތަކެއް ފެންނާނެ ތަފާތު ފިލްމަކަށް ވާނެ ކަމަށެވެ.
މީގެ ކުރިން ވެސް މި ދެތަރިން އެކުގައި ވަނީ ފިލްްމް "ރޫހީ" އިން ފެނިގެން ގޮސްފައެވެ.