ރިސޯޓްތަކުން މޫދަށް ކުނި އަޅަން ހުއްދަ ލިބޭމާއްދާ ޤަވާއިދުން އުވާލައިފި

ރިސޯޓްތަކުން މޫދަށް ކުނި އަޅަން ހުއްދަ ލިބޭމާއްދާ ޤަވާއިދުން އުވާލައިފި

Author
މުޙައްމަދު ޖިމީ
23 ނޮވެމްބަރ 2021 09:40
0

ރިސޯޓުތަކުން މޫދަށް ކުނި އެޅުމަށް ގަވާއިދަކުން ހުއްދަ ދީފައިވާ އޮތް މާއްދާ ޓުއަރިޒަމް މިނިސްޓްރީން މިއަދު ބާޠިލްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެކަން ބާޠިލްކޮށްފައިމިވަނީ ރާއްޖޭގައި ހިންގާ ފަސްތަރީގެ ރިސޯޓަކުން ޕްލާސްޓިކާއި، ފަނާނުވާ ޒާތުގެ ކުނި މޫދަށް އެޅި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުން މޫދަށް ކުނި އެޅުމަށް ދީފައި އޮތް ހުއްދައަކީ 2006 ވަނަ އަހަރުން ފެށިގެން އޮތް ހުއަދައެކެވެ. ނަމަވެސް އެ ޤަވާއިދުގައި އެ ހުއްދަ ބާތިލްކުރުމުން ކުނި އެޅުމަށް އޮތް މަގު ބަންދުވީއެވެ.

ޓޫރިޒަމް މިނިސްޓްރީން އުވާލާފައިވަނީ، "ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ އުކާލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ބަޔޯޑީގްރޭޑަބަލް ތަކެތިކަމަށް ބަޔާންކުރާ މާއްދާއެވެ.

ޓޫރިޒަމް މިނިސްޓްރީން މޫދަށްކުނި އެޅުން މަނާކޮށްފައިމިވަނީ، ރ.އަތޮޅުގައި ހިންގަމުން އަންނަ ފަސް ތަރީގެ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން މޫދަށް ކުނިއަޅާކަން އެރިސޯޓްގެ މުވައްޒަފަކު ފަޅައަރުވާލާފައިވަނިކޮށެވެ.

އެ ރިސޯތްގެ އެ އަމަލު އީޕީއޭއިން ބަލަމުން އަންނަކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އަދި ފިޔަވަޅު އެޅިކަމަށް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.