ޕީޖީ އޮފީސް ޖޫރިމަނާކުރިކުރުމަށް ތާޢީދުކުރަން، ވަގުތަކީ ވަގުތު: ޕީޖީ ޝަމީމް

ޕީޖީ އޮފީސް ޖޫރިމަނާކުރިކުރުމަށް ތާޢީދުކުރަން، ވަގުތަކީ ވަގުތު: ޕީޖީ ޝަމީމް

ގުޅުންހުރި

ގަޑިޖެހިއްޖެނަމަ، އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީޖީ ޝަމީމް މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީޢަތަށް ގަޑިޖެހިގެން ޙާޒިރުވުމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޖޫރިމަނާކޮށް، އެ ފައިސާ ދެއްކުމުން މެނުވީ ޝަރީއަތަށް ޙާޒިރުނުވޭވެގޮތަށް ސުޕްރީމް ކޯޓުން ޢަމުރުރުކުރުންނެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، އެ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރާކަމަށާއި، ވަގުތަކީ ވަގުތުކަމަށެވެ. ގަޑިޖެހިއްޖެނަމަ، އޭގެ ނަތީޖާއާ ޖެހޭނީ ކުރިމަތިލާންކަމަށާއި، ޖޫރިމަނާވީ ޕީޖީ އޮފީހުގެ ތަޖުރިބާކާރު ވަކީލުންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. މިކަމުން ދަތިތަކެއް ކުރިމަތިވިޔަސް، އެކަމުން އެމަނިކުފާނުވެސް އަދި އެ އޮފިސްވެސް ދިފާޢެއް ނުކުރެވޭނެކމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ ވަކީލުން ގަޑި ޖެހިގެން ޝަރީޢަތށް ޙާޒިރުވެފައިވަނީ ސުޕްރީމް ކޯޓްގައި އޮތް 2010 ވަނަ އަހަރު މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގެ ޝަރީޢަތަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާުވީ، ވަގުތަކީ ރަނަށްވުރެ އަގުބޮޑު އެއްޗެއްކަމަށެވެ. އަދި ޝަރީޢަތްތައް ގަޑިއަށް ފެށޭނީ ހުރިހާ ފަރާތްތަކުންވެސް ގަޑިއަށް އިޙްތިރާމް ކޮށްގެންކަމަށްވެސް ފަނޑިޔާރު ސުޢޫދު ވިދާޅުވިއެވެ. މިއަދު އެ ޝަރީޢަތް އޮތީ ހެނދުނު 09:00ގައި އޮންލައިންކޮށެވެ. ނަމަވެސް ޕީޖީ އޮފީހުގެ ވަކީލުން އެ ޝަރީޢަތަށް އޮންލައިން ވެފައިވަނީ ގަޑިޖެހިގެން އޭގެ 12 މިނެޓް ފަހުންނެވެ.

ސުއޫދު ވިދާޅުވީ ޗިޓެއް އަދި އަމުރެއްގައި ވަކި ގަޑިއެއް ކަނޑައަޅާފައިވާ ނަމަ އެއަށް ތަބާވާންޖެހޭނެ ކަމަށާއި އެއީ ވެސް ކޯޓުގެ އަމުރެއްކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ކޮންމެ ކޯޓް ޢަމުރަކީ ކޮންމެ ރައްޔިތަކުވެސް އަދި މުއައްސަސާއަކުންވެސް އިޙްތިރާމް ކުރަންޖެހޭނެ އެއްޗެއްކަމަށެވެ.

ޕީޖީ އޮފީހުން ލަހުން ޝަރީއަތަށް ޙާޒިރުވުމުން އެ އޮފީސް ޖޫރިމަނާކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ގަވައިދުގެ 88 ވަނަ މާއްދާގެ ށ.ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، 250 ރުފިޔާއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ