ޑޮކްޓަރުން ނުލިބިގެން ބޮޑު މުސާރަ ދީފައި ކިއުބާއިން ޑޮކްޓަރުން ގެންނަނީ

ޑޮކްޓަރުން ނުލިބިގެން ބޮޑު މުސާރަ ދީފައި ކިއުބާއިން ޑޮކްޓަރުން ގެންނަނީ

ގުޅުންހުރި

އެކި ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ލިބުމުގައި މިދުވަސްވަރު ދަތިތަކެއް ހުރުމުން، ބޮޑު މުސާރަ ދީފައި ކިއުބާއިން ޑޮކްޓަރުން ގެންނަން ސަރުކާރުން ނިންމައިފިއެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް މިހާރު ނޫހަށް ދީފައިވާ އިންޓަރވިއުގައި ވިދާޅުވީ، ކިއުބާއިން ޑޮކްޓަރުން ގެންނަނީ ވަގުތީގޮތުންކަމަށެވެ. އެއީ ތިން މަސްދުވަހުގެ މުއްދަތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން މިސަރަހައްދުންވެސް ޑޮކްޓަރުން ހޯދުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން ކިއުބާއިން ޑޮކްޓަރުން ގެނައުމަށް ނިންމާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ކިއުބާގެ ޑޮކްޓަރުންގެ އަގު ހެޔޮވާނެކަމަށާއި، އަދި އެމީހުންގެ ތަޖުރިބާވެސް ބޮޑުވާނެކަމަށެވެ. ޚާއްޞަކޮށް ޢާންމު ސިއްހަތުގެ ދާއިރާއިން އެމީހުން މޮޅުވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޢާންމުގޮތެއްގައި ރާއްޖެއަށް ޑޮކްޓަރުން ގެންނަނީ ރާއްޖެ ހިމެނޭ ސަރަހައްދުކަމަށްވާ އިންޑިއާ ލަންކާއިންނެވެ. މިނިސްޓަރ ވިދާޅުވީ އެމީހުން ކޯވިޑާއި ގުޅިގެން ބޭނުން ހިފުން އިތުރުކުރަންޖެހިފައިވާކަމަށާއި، އެމީހުންގެ މުސާރަތައްވެސް ބޮޑުވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިސަރަހައްދުނޫން އެހެން ބައެއް ސަރަަހައްދުންވެސް ޑޮކްޓަރުން ގެނައުމަށް މަސައްކަތްކޮށްފައިވާކަމަށާއި، ނަމަވެސް ޑޮކްޓަރުން ލިބުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. ރާއްޖެއަށް މިވަގުތު ލިބުމުގައި ދަތިކަން އުޅެނީ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ނުވަތަ ސްޕެޝަލިސްޓުންނެވެ. މިނިސްޓަރ ވިދާޅުވީ ޢާންމު ބަލިތަކުގެ ޑޮކްޓަރުން ހޯދުމުގައި ދަތިތަކެއް ނެތްކަމަށެވެ.

ކިއުބާއިން ތިން މަސްދުވަހަށް ޑޮކްޓަރުން ރާއްޖެ ގެންނަނީ 4000 ޑޮލަރާއި 5000 ޑޮލަރާއި ދެމެދުގެ މުސާރައަކަށެވެ. އަދި އެމީހުންގެ މަސައްކަތް އެސެސްކޮށް ނިމުމުން ދާއިމީކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅިވީ ރާއްޖޭގައި އަބަދުވެސް 20އަށް ވުރެ ގިނަ ޑޮކްޓަރުން އެއްފަހަރާ ކޮންމެވެސް  ޗުއްޓީގައި ތިއްބަވައެވެ. އެހެންކަމުން އެފަދަ ކަންކަންވެސް ފޫބައްދަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހެލްތު މިނިސްޓްރީން މަސައްކަތްކުރަމުން އަންނަނީ ޑޮކްޓަރުންގެ ޕޫލެއް އެކުލަވާލުމަށްކަމަށްވެސް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ކިއުބާއިން ތައުލީމު ހާސިލް ކުރި ދިވެހި ޑަކްޓަރެއް މިނިސްޓްރީ އޮފް ހެލްތުގައި ހުށްޓައި މައިމޫނާ އަދި ނިސާނު އޭނާއާ މަސައްކަތް ހަވާލުނުކޮށް ބާކީ ކޮށްލީމާ 3 އަހަރު މޭޒެއްގެ ދޮށުގައި އިނދެފައި ކެނޑިގެން އެދިޔައީ އިހަށް ދުވަހު.

    މިކަމެއް ނޫންތޯ މިނިސްޓަރު ހައްލުކުރަންވީ ފުރަތަމަ.

  2. ރާއްޖެއިން ޑޮކްޓަރުން ނުލިބެނީކީނޫން މިނިސްޓަރު ހިއްޕުޅާ ނުވަނީ އަޅުގަނޑު އާދޭސްކޮށްވެސް މިނިސްޓަރު ހިއްޕުޅާ ނުވާތީ މިހުރީ ވަޒީފާ ވަކިކޮށްފަ އެދައްކަނީ ހަމަ ތާކުންތާކުނުޖެހޭ ފޮނިވާހަކަ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ