މައްސަލައެއް ދިމާވެ ބީއެމްއެލްގެ ހުރިހާ ޚިދުމަތެއް މެދުކެނޑިއްޖެ

މައްސަލައެއް ދިމާވެ ބީއެމްއެލްގެ ހުރިހާ ޚިދުމަތެއް މެދުކެނޑިއްޖެ

Author
މުޙައްމަދު ޖިމީ
21 ނޮވެމްބަރ 2021 03:53
0

ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގެ ބޭންކިންގ ސިސްޓަމްގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެއެވެ. ބީއެމްއެލްއިން ބުނެފައިވަނީ ބޭންކިންގ ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާކަމަށެވެ. އަދިވިހާވެސް އަވަހަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ބީއެމްއެލް އިން ބުންޏެވެ.

 

 

ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބިދާނެ އެންމެހައި ދަތިތަކަކަށްޓަކައި މަޢާފަށްއެދޭކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.