މިނިވަންކަމުގެ ދިފާޢުގައި އިއްޔެ ފުވައްމުލައް ސިޓީގައި ބޭއްވި ހިނގާލުމުގެ ބައިވެރިންގެ ފަރާތުން ފާހަގަކުރެއްވުނީ ދީނާ މިނިވަންކަމުގެ ދިފާޢުގައި ޤުރުބާންވުމަށް ތައްޔާރަށް ތިބިބައެއްކަންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ އިއްޔެ ފުވައްމުލަކުގައި މިނިވަންކަމުގެ ދިފާއުގައި ޞުލްޙަވެރިކަމާއެކު ސިޔާސީ ބޮޑު ހިނގާލުމެއް ބާއްވާފައިވާއިރު، މިއީ އެރަށުގެ ތާރީޚުގައިވެސް ބޭއްވުނު އެންމެ ބޮޑު ސިޔާސީ ހަރަކާތްކަމަށް ބައެއް ފަރާތްތަކުން ބުނެފައިވަނިކޮށެވެ.
އާދަމް ޝަރީފް ވިދާޅުވީ، ފުވައްމުލަކުގައި ބޭއްވި ހަރަކާތުން ފާހަގަކުރެވުނީ އެރަށުގެ ރައްޔިތުންނަކީ ޤައުމުގެ ސިޔާދަތީ ބާރުތައް ދޫވެ، އިސްތިޤްލާލަށް ހިތުހުރިގޮތެއްވުމަށް އެދޭ ބައެއް ނޫންކަންކަަމަށެވެ. އިސްލާމް ދީނާއި މިނިވަންކަމުގެ ދިފާޢުގައި ޤުރުބާންވުމަށް ތައްޔާރަށް ތިއްބެވިބައެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
Fuvahmulakugai iyye beyvvi harakaathun faahaga kurevunee Fuvahmulakuge muvaathinunnakee qaumuge siyaadhathee baaruthah dhoove, isthiqulaalah hithuhurigotheh vumah edhey baeh noonkan. Islaam dheenaai minivankamuge dhifaaugai qurubaan vumah thayyaarah thibbevi baehkan.
— Adam Shareef Umar (@Adamshareefz) November 21, 2021
އިއްޔެ ފުވައްމުލަކުގައި ބޭއްވި މިހިނގާލުމަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށާއި، އިންޑިއާއާއިއެކު ހަދާފައިވާ ގޮތްނޭގޭ އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލައި ބޭއްވި ސުލްހަވެރި ހިނގާލުމެކެވެ. ޤައުމީ ކުލަތަކުގައި ބޭއްވި ފުވައްމުލަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
މިއީ ފުވައްމުލަކުގައި މިހާތަނަށް ބޭއްވުނު އެންމެބޮޑު ޞުލްޙަވެރި ސިޔާސީ ޙަރަކާތްކަމަށާއި، ރައްޔިތުންގެ އަޑަކީ މިނިވަންކަން ދިފާޢުކުރާނެކަމާއި އެމްޑީޕީގެ މަކަރުވެރި ސިޔާސަތައް ދެން ޖާގަނުދޭނެކަން އެ ހިނގާލުމުން ފެނިގެން ހިނގައްޖެކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް ވަނީ މި ހިނގާލުމާއި ގުޅޭގޮތުން ވިދާޅުވެފައެވެ.
އުތުރާއި ދެކުނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި އިރު، މިއީ ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރެއެވެ. ނަމަވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެކަން ދޮގުކުރެއެވެ. އަދި އިންޑިއާގެ ބޭނުމަކީ ރާއްޖެ އަޅުވެތި ކުރުން ނޫން ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެހީތެރިވުން ކަމަށް ވެސް އެ ގައުމުން ކުރިން ބުނެފައިވެއެވެ. އިގްތިސާދީ ސަރަހައްދާއި އެކިއެކި އޮޕަރޭޝަންތައް ހިންގުމަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުން ކުރަނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްގެ ދަށުންނެވެ.
"India military Out" echoes in Fuahmulah city. A large crowd took part in the peaceful rally held in fuahmulah city against the Indian military presence in the Maldives. #IndiaMilitaryOut #DefendMaldives pic.twitter.com/aoGWy2Hg4s
— PPM Youth Wing (@PPMYouth_mv) November 20, 2021
އިދިކޮޅުން އަންނަނީ ޤައުމުގެ މިނިވަކަމުގެ ދިފާޢުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުމަށް ގޮވާލާ ގިނަހަރަކާތްތަކެއް ބާއްވަމުންނެވެ. މިގޮތުން މާލެ އާއި އަތޮޅުތެރޭގައި ބާއްވާ މިފަދަ އެއްވުންތަކާއި ހަރަކާތުގައި ބައިވެރިވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ