ލެސްޓާ ބަލިކޮށް ޗެލްސީން އެއްވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގައިފި

ލެސްޓާ ބަލިކޮށް ޗެލްސީން އެއްވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް ޗެލްސީން ލީގުގެ އެއްވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ލެސްޓާ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީން ލެސްޓާ ބަލިކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ޗެލްސީން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި އެޓީމުން ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ،އެންޓޯނިއޯ ރުޑިގާއެވެ. ޗެލްސީން ލީޑު ފުޅާކުރި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކަންޓޭއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި މެޗުގައި ޗެލްސީން ޖެހި ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައިކާމިޔާބުކޮށްދިނީ، ކްރިސްޓިއަން ޕުލިސިޗްއެވެ.

މި ނަތީޖާއާއެކު ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 29 ޕޮއިންޓާއެކު ޗެލްސީ އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި ތިންވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 11 މެޗުން ލިބެނީ 23 ޕޮއިންޓް ޕޮއިންޓެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *