އޭސީސީގެ ބަޖެޓަށް ފައިސާ އިތުރުކޮށްދިނުމާއެކު ނިހާދުގެ ސުވާލެއް ޝިއުނާއަށް: ދެން ބުނާނީ ކީކޭބާ؟

އޭސީސީގެ ބަޖެޓަށް ފައިސާ އިތުރުކޮށްދިނުމާއެކު ނިހާދުގެ ސުވާލެއް ޝިއުނާއަށް: ދެން ބުނާނީ ކީކޭބާ؟

Author
މުޙައްމަދު ޖިމީ
19 ނޮވެމްބަރ 2021 04:52
0

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބަޖެޓަށް އިތުރުކޮށްދެއްވަން މަޖިލީހުގެ ކޮމިޓިން ނިންމެވުމާއެކު ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދުނިޙަދު، އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާއަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް އިތުރު މުވައްޒަފުން ބޭނުންވާކަމަށް އެންޓި ކޮރަޝަން ކޮމިޝަން (އޭސީސީ)ން ބުނެފައިވާތީ އެ މުވައްޒަފުން ނެގުމަށް ބޭނުންވާ ފައިސާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިދިނުމަށް ބަޖެޓް ކޮމިޓީން ފާސްކުރީ ރޭގައެވެ. އޭސީސީގެ ބަޖެޓްގައި ފައިސާ ހިމަނައިދިނުމަށް ބަޖެޓް ކޮމިޓީން ނިންމާފައިމިވަނީ، އޭސީސީގެ މުވައްޒަފުންގެ ދަތިކަމުން،  އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއް ނިންމުމަށް އެވްރެޖުކޮށް 8 މަސް ދުވަސް ހޭދަވާކަމަށް އޭސީސީގެ ރައީސް ވިދާޅުވުމާއި ގުޅިގެންނެވެ. އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ކޮމިޓީގައި ވިދާޅުވެފައިވަނީ، އެ ކަންކަމަށް ބަޖެޓްގައި ރިޔާއަތްކޮށްފައިނުވާކަމަށެވެ.

މިއާއެކު ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ އޭސީސީގެ ބަޖެޓަށް 3.9 މިލިއަން ރުފިޔާ އިތުރުކޮށްދީފައެވެ.

މިއާއެކު ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވަނީ އޭސީސީގެ ރައީސް ދެން ވިދާޅުވާނީ ކީކޭތޯ ސުވާލުކުރައްވާފައެވެ.

މިސަރުކާރު އައީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ހޯދައިދޭނެކަމުގެ ވަޢުދާއެކުއެވެ. މިއާއެކު އޭސީސީއަށް އެމްޑީޕީގެ ސުޕް މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އައު މެންބަރުން އައްޔަންކުރައްވާފައެވެ. ނަމަވެސް އޭސީސީއަށް އައު މެންބަރުން ލެއްވިތާ 2 އަހަރު ވެގެންދިޔައިރުވެސް މެންބަރުން ހިތްހަމަޖެހޭ ސްޕީޑްގައި މަސައްކަތް ނުދާކަމަށް ވިދާޅުވެ އެމްޑީޕީ މަޖިލިސް މެންބަރުންގެ ނުރުހުން ވަނީ އޭސީސީއަށް އަމާޒުވެފައެވެ. އަދި ނަތީޖާ ނުދެއްކޭނަމަ އޭސީސީގެ މެންބަރުން މަޤާމު ދުރުކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.

އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ އޭސީސީގެ އިތުރުން ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްކަމުން ނިމޭނެ ތާރީޚެއް ދަންނަވަން ނޭނގޭކަމަށެވެ. ނަމަވެސް އިތުރު މުވައްޒަފުން ނުވަތަ އިންވެސްޓިގޭޓަރުން ލިބިއްޖެނަމަ މައްސަލަ ނިންމުމަށް އިތުރު ބާރަކަށް ވާނެކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.