ރަނގަޅު ނަތީޖާއެއް ހޯދޭނެކަމަށް ކުޅުންތެރިން ގަބޫލުކުރަންޖެހޭ: އާޓެޓަރ

ރަނގަޅު ނަތީޖާއެއް ހޯދޭނެކަމަށް ކުޅުންތެރިން ގަބޫލުކުރަންޖެހޭ: އާޓެޓަރ

ގުޅުންހުރި

ރަނގަޅު ނަތީޖާތައް ހޯދޭނެކަމަށް ކުޅުންތެރިން ގަބޫލްކުރަންޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓަރ ބުނެފިއެވެ.

އިނގިރޭސި ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު ބަލިކުރުމަށްފަހު ވާހަކަދައްކަމުން އާޓެޓަރ ބުނީ ރަނގަޅު ނަތީޖާ ހޯދޭނީ ވަކި ދަނޑެއްގައި ކުޅެގެން ނޫންކަމަށް. ކޮންމެ ދަނޑެއްގައި ކުޅުނުކަމުގައި ވިޔަސް ރަނގަޅު ނަތީޖާއެއް ހޯދިދާނެކަމަށް ކުޅުންތެރިން ވިސްނަންޖެހޭކަމަށެވެ. އެގޮތުން ޓީމުގެ ކުޅުންތެރިން މެޗުތަކަށް ފިސިކަލީގޮތުން ތައްޔާރުވާގޮތައް ނަފްސާނީ ގޮތުންވެސް ފުރިހަމަ ތައްޔާރުވާންޖެހޭ ކަމަށް އާޓެޓަރ ބުނެފައިވެއެވެ.

ޓީމުގައި ތިބި ވަކިވަކި ކުޅުންތެރިންގެ ހުނަރަކީވެސް މޮޅުވުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށެވެ. ޔުނައިޓެޑު މެޗުގެ އެޓީމުގެ ކޮންމެ ކުޅުންތެރިޔެއްވެސް ދެއްކީ ވަރަށް މަތީފަންތީގެ ކުޅުމެއްކަމަށް އާސެނަލްގެ ކޯޗު ބުނެފައިވެއެވެ.

ވަކިދަނޑެއްގައި ކުޅެގެންނެއް ނޫން އަހަރެމެންނަށް ރަނގަޅު ނަތީޖާ އެއް ހޯދޭނީކީ، އެހެންވީމަ ކުޅުންތެރިން އެވިސްނުން ދޫކޮއްލާ ނަފްސާނީގޮތުން ވަރަށް ރަނގަޅަށް މެޗުތަކަށް ތައްޔާރުވާންޖެހޭ.

– އާޓެޓަރ

މެޗުން ހޯދި މުހިންމު ތިންޕޮއިންޓާއެކު އާސެނަލް އޮތީ 12 ޕޮއިންޓް ހޯދައިގެން ލީގުގެ 9 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *