ލީޑް ރޯލުން އާރް މާދަވަން، އަޕްރްޝަކްތީ ކުރާނަ އަދި ކައުޝަލީ ކުމާރު ފެނިގެން ދާ ފިލްމް "ދޯކާ"ގެ ޝޫޓިންގ ނިންމާލައިފިއެވެ.
ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ މި ފިލްމަކީ ކައުޝަލީ ކުމާރު ބޮލީވުޑަށް ތާއާރަފް ކުރާ ފިލްމެވެ. މި ސަސްޕެންސް ތުރިލާއަކީ ތިއޭޓާރުތަކުގައި އެޅުވުމަށް މަސައްކަތް ކުރަމުން އަނަން ފިލްމެކެވެ. ފިލްމް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.
ޓީ ސީރީޒްގެ ޓްވީޓަކުން މިމަހުގެ 16 ވަނަދުވަހު ވަނީ މި ފިލްމްގެ ޝޫޓިންގ ނިމިފައިވާކަން ހާމަކޮށްފައެވެ.
A bullet. A capsule. Both kill. When deception is just round the corner.#Dhokha film shoot schedule ends. Starring @ActorMadhavan, @Aparshakti, @DarshanKumaar & presenting @KhushaliKumar.????
Directed by @kookievgulati. A 2022 release.#BhushanKumar #KrishanKumar @dharmendraedt pic.twitter.com/3PP0M1RCJi— T-Series (@TSeries) November 16, 2021
ފިލްމުގެ ޝޫޓިން ނިމުމާ ގުޅޭގޮތުން ވާހަކަދައްކަމުން ކައުޝަލީ ވަނީ އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނާގެ ފުރަތަމަ ހިންދީ ފިލްމަށް ވުމުން ފިލްމްގެ ކޯ އެކްޓަރުންގެ ފަރާތުން ވެސް ވަރަށް ސަޕޯޓެއް ލިބިފައިވެއެވެ. އަދި މި ފިލްމް އަކީ އޭނާގެ ހިތާ ވަރަށް ބޮޑަށް ގުޅިފައިވާ ފިލްމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ކޫކީ ގުލާޓީއެވެ.
ކޮމެންޓު ފޮނުވާ