އިސްތަށިގަނޑު ބުޅި ކުރުމަށް މޮޅު އުކުޅެއް އަކްޝޭގެ ފަރާތުން!

އިސްތަށިގަނޑު ބުޅި ކުރުމަށް މޮޅު އުކުޅެއް އަކްޝޭގެ ފަރާތުން!

އަކްޝޭ ކުމާރު މިވަގުތު މަސައްކަތް ކުރަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ރާމް ސެތޫ"ގެ ޝޫޓިންގައި ޖެކޮލިން ފެރްނާންޑޭޒާއެކުއެވެ. މި ފިލްމް އިން މި ދެތަރިންގެ އިތުރުން ނުޝްތަރު ބަރޫޗަ ވެސް ފެނިގެންދާނެއެވެ. މިއީ އަންނަ އަހަރުގެ އޮކްޓޯބަރު މަހަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ފިލްމެކެވެ.

އަކްޝޭ އަކީ އޭލިސްޓުގެ ތަރިއެއް ނަމަވެސް އޭނާގެ ހުންނަ މަޖާ މިޒަޖާއި މީހުންނާއި ގުޅޭ ހިތްތިރި ކަމަކީ ގިނަ ބަޔަކަށް އަކްޝޭ ކަމުދާ ސަބަބުތަކެވެ.

"ރާމް ސެތޫ" ގެ ޝޫޓިންގ ކުރިއަށް ދާއިރު ސެޓުން ނަގާފައިވާ ތަފާތު ވީޑިއޯކޮޅެއް އަކްޝޭ ވަނީ މިދިޔަ ހަފްތާގައި އޭނާގެ ޓްވިޓާ އެކައުންޓުގައި ހިއްސާކޮށްފައެވެ. އަދި މި ވީޑީއޯ ކޮޅަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

ވީޑީއޯގައި ޖެކޮލިން ކިޔައިދެމުން ދަނީ އިސްތަށިގަނޑު ބުޅި ކުރާނެ ގޮތެވެ. މީ ވަރަށް އާދަޔާ ހިލާފުކޮށް މިކަން ކުރުމަށް މޮޅު އުކުޅެއް ކަމަށް އޭނާބުނެއެވެ. ނަމަވެސް މިކަން ގިނަބައެއްގެ ސަމާލުކަމަށް އައީ ވީޑިއޯގައި ޖެކޮލިން އިންނަނީ އުދުހިފައިދާ ހެލިކޮޕްޓަރެއްގައި ކަމަށް ވާތީއެވެ.

މި ވީޑިއޯގައި ޖެކޮލިން ފެންނަނީ ހެލިކޮޕްޓަރެއްގެ ދޮރުގައި އިން ލޯވަޅަކުން އޭނާގެ އިސްތަށިގަނޑުގެ ދެފަރާތުގެ ބައެއް ބޭރަށް ނެރެ، ވައިގެ ތެރޭގައި އިސްތަށިކޮޅު އިރުކޮޅަކު ބޭންދުމަށް ފަހު ދައްކާލަ ތަނެވެ.

އަކްޝޭ މި ވީޑިއޯ ޕޯސްޓް ކުރަމުންވެސް ބުނެފައިވަނީ މީ އަންހެން ވެރިންނަށް އިސްތަށިގަނޑު ބުޅިކުރުމަށް މޮޅު އުކުޅަކަށް ވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *