ހިޔާ ޓަވަރުތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތަކެއް

ހިޔާ ޓަވަރުތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތަކެއް

Author
މުޙައްމަދު ޖިމީ
15 ނޮވެމްބަރ 2021 09:45
0

ހިޔާ ފްލެޓްގައި މަސްތުވާތަކެތި ބޭނުންކުރަމުންދާކަމުގެ މައްސަލަތަކެއް ފެންމަތިވެސް އެކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ހިޔާ ފްލެޓްގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު، އަދި ގިނަ ފްލެޓްތަކުގައި މީހުން ދިރިނޫޅެއެވެ. އަލަށް މީހުން އާބާދުވަމުން އަންނަ ތަނެއްގައި މަސްތުވާތަކެތީގެ މައްސަލަތައްފަދަ އިޖްތިމާއީ މައްސަލަތައް ގިނަވަމުން އަންނާތީ އެތަނުގައި ދިރިއުޅޭ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާ ފްލެޓްގައި އެންމެ މަތީ ފަންގިފިލާއަށް އަޅާ ސިޑި މަތީގައި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ސާމާނު ހުރިކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ހިޔާ ފްލެޓްގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ ހިޔާ ފްލެޓްގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުންދާކަމަށެވެ. އަދި އެފަދަ މައްސަލަތައްވެސް  ހުށައަޅަމުންދާކަމަށާއި، އެފަދަ ޝަކުވާއެއް ައައިސްފިނަމަ ފުލުހުން ޙާޒިރުވެ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ހުށައަޅާ މައްސަލަތައްވެސް ދަނީ ތަހުގީޤްކުރަމުންކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން އަބަދުވެސް ދަނީ މަސައްކަތްކުރަމުންކަމަށްވެސް ފުލުހުން ބުންޏެވެ.

ހިޔާ ފްލެޓްގައި މީހުން ދިރިއުޅެން ފެށީ އެތަނުގައި ގިނަ ޚިދުމަތްތައް ނުފެށިއެވެ. އަދި އާންމުންގެ ޝަކުވާތަކާއެކު މިހާރު އެސަރަހައްދުގައި އަންނަނީ ޚިދުމަތްތަށް ފަށަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.