ޤައުމު ހުރިހާގޮތަކުން އަޅުވެތިވާތަން ބަލަން ދިވެހިން ނުތިބޭނެ: ޝިޔާމް

ޤައުމު ހުރިހާގޮތަކުން އަޅުވެތިވާތަން ބަލަން ދިވެހިން ނުތިބޭނެ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2021 08:28
0

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަސަރު ކުރާނެފަދަ ގޮތަކަށް، ޤައުމު އަޅުވެތިވާތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެކަން މިސަރުކާރަށް މާރަނގަޅަށްވެސް އެގޭނެކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ގިނައަދަދެއްގެ ބަޔަކާއިއެކު މިއަދު ބޭއްވި ހިނގާލުމަށްފަހު ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގޮތްނޭގޭ އެތައް އެއްބަސްވުމެއް ހަދައި، ރައްޔިތުން އަޅުވެެތިވާގޮތަށް ކުރެވޭ ކަންކަމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށެވެ. އެކަންކަމާއި ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވެ އަޑުއުފިލާނެކަމަށާއި، މިނިވަންކަން ދިފާއުކުރުމަށް ދައްކަން ޖެހުނު ކޮންމެ އަގެއް ދައްކައިގެންވެސް ޤައުމު ސަލާމަތް ކުރުމަށް ދިވެހި ރައްޔިތުން ތެދުވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގޮތްނޭންގޭ އެތައް އެއްބަސްވުންތަކެއް ހަދައިގެން ދިވެހިޤައުމު ހުރިހާގޮތަކުން އަޅުވެތިވާތަން ބަލަން ދިވެހިން ނުތިބޭނެކަން އަދުގެ ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެ.

– ޝިޔާމް ވިދާޅުވިއެވެ.

އިދިޖކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި ބޮޑު ހިނގާލުމުގައި ކޯލިޝާން ހިންގުމާއި ހަވާލުވެ ތިއްބެވި އިސްވެރިން ވަނީ ބައިވެރިވެފައެވެ. މި ހިނގާލުމުގައި ވަނީ އިންޑިއާސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާފައެވެ. އަދި އިންޑިއާއާއިއެކު ހަދާފައިވާ ގޮތްނޭގޭ އެގްރީމަންޓްތައް މިހާރުން މިހާރަނަށް ހާމަކޮށް، ދިވެހިންގެ މިނިވަންކަމަށް އަސަރުކުރާ އެންމެހައި ކަންކަން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިވަންކަމުގެ ދިފާއުގެ ނަމުގައި ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. މިހަރަކާތްތަކުގައި ރައްޔިތުންގެ ތާއީދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.