މިއަދު އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި ހިނގާލުން ސުލްހަވެރިކަމާއިކު ނިންނާލިއިރު ރައީސް ޔާމީން ވަނީ ހިނގާލުމުގެ ބައިވެރިންނަށް ފެނިލާފައެވެ.
ޖަލުހުކުމެއްގައި މިހާރު ގޭބަންދުގައި ހުންނެވި ރައީސް ޔާމީން ވަނީ ހިނގާލުމުގެ ބައިވެރިން ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅާއި އަރާހަމަވުމުން ކުޑަދޮރުން ބޭރަށް ނިކުމެ ހަނާ އަޅުއްވާފައެވެ. ގިނަ އަދަދެއްގެ ބަޔަކާއިއެ އިދިކޮޅުން ކުރި މުޒާހަރާގައި ވަނީ ރާއްޖޭގެ މިނިވަންކަން ދިފައު ކުރުމަށާއި، އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާފައެވެ.
ރައީސް ޔާމީންވަނީ މީގެ ކުރިން އިދިކޮޅުން ބޭއްވި މުޒާހަރާތަކުގައިވެސް ބައިވެރިންނަށް ހަނާ އަޅުއްވައި ހިތްވަރު ދެއްވާފައެވެ. އެފަހަރު އެމަނިކުފާނަށް ކަރެކްޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަދު ބޭއްވި ހިނގާލުމުގައި ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕް ބޭފުޅުން ބައިވެރިވާނެކަމަށް އެކޯލިޝަނުން ވަނީ ބައިވެރިވެފައެވެ.
އުތުރާއި ދެކުނުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި އިރު، މިއީ ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރެއެވެ. ނަމަވެސް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެކަން ދޮގުކުރެއެވެ.
އަދި އިންޑިއާގެ ބޭނުމަކީ ރާއްޖެ އަޅުވެތި ކުރުން ނޫން ކަމަށާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެހީތެރިވުން ކަމަށް ވެސް އެ ގައުމުން ކުރިން ބުނެފައިވެއެވެ. އިގްތިސާދީ ސަރަހައްދާއި އެކިއެކި އޮޕަރޭޝަންތައް ހިންގުމަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުން ކުރަނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ