އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ދީފިއެވެ. ޚަބަރު ލިބިފައިވާގޮތުގައި ހަތިޔާރުއެޅި ބަޔަކު ވަނީ ވިއެނާގެ 6 ސަރަހައްދެއްގައި އާންމު ރައްޔިތުންނަށް ހަމަލާދީ މިހާތަނަށް އެކަކު މަރާލާފައެވެ.
އޮސްޓްރިއާގެ ފޮރިންގ މިނިސްޓަރ ވިދާޅުވެފައިވަނީ މިއީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށާއި ހަތިޔާރު އެޅިމީހުން އަދިވެސް ވިއެނާގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.
ވިއެނާގެ ޕޮލިހުން މަޢުލޫމާތު ދެގޮތުގައި ހަތިޔާރު އެޅިމީހުން ދިން ހަމަލާތަކެއްގައި މިހާތަނަށް އައިއިރު އެކަކު ވަނީ މަރުވެފައެވެ. އެއީ މަގުމަތީގައި ހިގާފައި ދިޔަ މީހެކެވެ. އަދި ވިއެނާގެ ޕޮލިހުންނާއި ހަތިޔާރު އެޅި މީހުންނާއި ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގައި ހަތިޔާރުއެޅި އެކަކު މަރާލެވިފައިވާ ކަމަށްވެސް ވިއެނާގެ ޕޮލިހުންގެ ފަރާތުން މަޢުލޫމާރު ދީފައިވެއެވެ. އަދި 15 މީހަކުވަނީ ޒަޚަމް ވެފައެފެ. އަދިވެސް ހަތިޔާރުއެޅި މީހުން ހަތިޔާރާއެކީ ވިއެނާގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ވިއެނާގެ ރަސްމީ އިދާރާތަކުން މަޢުލޫމާތު ދޭގޮތުގައި ވިއެނާގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއިއެކު ހަރަކާތްތެރިވަމުންދާ މިމީހުންނަކީ ކޮންބައެއް ކަމާއި އަދި މިމީހުންގެ މަގުސަދެއްވެސް އަދި އެގިފައެެއް ނުވެއެވެ، މިހާތަނަށް އައިއިރު އެއްވެސް ފަރާތަކުން މިހަމަލާތަކުގެ ޒިންމާ އުފުލާފައެއެވެސް ނުވެއެވެ.
ވިއެނާގެ ޕޮލިހުން ދަނީ ކެޕިޓަލް ސިޓީގެ ރައްޔިތުން މަގުތަކަށް ނުނިކުމެ މިވަގުތު ގޭގައި މަޑުކުރުމަށް އިލްތިމާސް ކުރަމުންނެވެ.
އޮސްޓްރިއާއަކީ ޔޫރަޕްގަ ނިމެނޭ ނުވަ ގައުމުގެ ތެރޭގައި ހިމެނޭ އެއްގައުމެވެ. އަދި މިގައުމުގެ ކެޕިޓަލް ވިއެނާއަކީ އެގައުމުގެ އެންމެ ބޮޑު ސިޓީއެވެ. މި ސިޓީގައި 8 މިލިއަން މީހުން ދިރިއުޅެމުން ދެއެވެ.