މޫސުމީ ނުރައްކާތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޗައިނާއާއި އެމެރިކާ އެއްގަލަކަށް

މޫސުމީ ނުރައްކާތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޗައިނާއާއި އެމެރިކާ އެއްގަލަކަށް

Author
ހުސެއިން
11 ނޮވެމްބަރ 2021 07:26
0

އޯޒޯން ފަށަލައަށް ގެއްލުންދޭ ވިހަ ގޭހެއް ކަމުގައިވާ ކާބަންޑައި އޮކްސައިޑް ޖައްވަށް އެންމެ ގިނައިން ދޫކުރަމުންދާ ދެގައުމު ކަމުގައިވާ ޗައިނާއާއި އެމެރިކާއިން އެކީގައި މަސައްކަތް ކުރަން އެއްބަސް ވެއްޖެކަން އިއުލާންކޮށް، އިނރޭސިވިލާތުގެ ގްލަސްގޯވްގައި މިހާރު ކުރިޔަށްދާ ކޯޕް26 ސަމިޓުގައި މި ދެގައުމުން ދުނިޔެއަށް ހައިރާންކަން ގެނުވައިފިއެވެ.

މިގޮތުން، އެމެރިކާއާއި ޗައިނާއިން އެއްބަސް ވެފައިވަނީ، މޫސުމީ ނުރައްކާތަކުން ދުނިޔެ ސަލާމަތްކުރުމަަށް އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ އިތުރުން މީތޭން ގޭސް ބޭރުކުރުން މަދުކޮށް، ޖަންގަލީތައް ރައްކާތެރިކޮށް، އަދި ބޯޓު ދެލި ނެގުން މަދުކުރަމުން ގޮސް، ބޯޓު ދެލި ނެގުން އެކީ ހުއްޓުމަކަށް ގެނައުމަށެވެ.

ޔޫއެންއިން ކުރިޔަށް ގެންދާ ތިމާވެއްޓާބެހޭ ޚާއްސަ ސަމިޓް، ކޯޕް26ގައި އެމެރިކާއާއި ޗައިނާއިން ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މޫސުމީ ނުރައްކަތަކާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް ދެގުނަކޮށް، އަދި "ހަރުދަނާ ފިޔަވަޅުތަކެއް" އެޅުމަށް ދެގައުމަށް އެއްބަސްވުމަކަށް އާދެވިފައި ވާކަމުގައެވެ.

ދުނިޔޭގެ ޖައްވު ނުސާފު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުންދާ ދެގައުމުން ބުނެފައިވާގޮތުގައި، ދެގައުމުން ގޮވާލަނީ، 2015ގެ ޕެރިސް އެއްބަސްވުމުގެ ގައިޑްލައިންތައް ބޭނުން ކޮށްގެން "2020ގެ އަހަރު ތަކުގައި، ތިމާވެށި ރައްކާތެރި ކުރުމަށް އިތުރަށް ފިޔަވަޅުތައް އެޅުމަށާއި،" އަދި އޭގެ އިތުރުން، އިތުރު ވިހަގޭސް ޖައްވަށް ބޭރުކުރުން ހުއްޓުވުމުގެ އަމާޒަކަށް 2025 ހެދުމަށެވެ.

އެމެރިކާއާއި ޗައިނާއިން ވެފައިވާ އެއްބަސްވުމުގައި އިތުރަށް ބުނެފައިވަނީ، ކާބަން އެކުލެވޭ މާއްދާތައް ބޭނުން ކުރުރުން ހުއްޓުވުމަށާއި، މީތޭން ގޭސް ޖައްވަށް ބޭރުކުރުން މަދު ކުރުމަށާއި، އަދި ދުނިޔޭގެ ޖަންގަލީތައް ނެތިގެން ދިއުން ހުއްޓުވުމަށް "ހަރުދަނާ އަދި އަމަލީ ފިޔަވަޅުތަކެއް"، އެޅުމަށް އުސޫލަތަކެއް ކަޑައަޅަން ޖެހޭކަމަށެވެ.

"ދެގައުމުންވެސް ދެކޭގޮތުގައި، މިހާރު ކުރެވޭ މަސައްކަތްތަކާއި ޕެރިސް އެގްރީމަންޓުން އެކަށައެޅި ލަނޑުދަނޑިތަކާ ދެމެދު ވަރަށް ބޮޑު ހުސްކަމެއް އެބަހުރި، އެހެންކަމުން ތިމާވެއްޓާބެހޭ ކަންކަން ހަރުދަނާ ކުރުމަށ ދެގައުމުން އެކީ ގުޅިގެން މަސައްކަތް ކުރާނެ،" އެމެރިކާއާއި ޗައިނާއާ ދެމެދު ވެވުނު އެއްބަސް އިއުލާން ކުރައްވަމުން ޗައިނާގެ ކްލައިމެޓް އެންވޯއި ޝީ ޒެންހުއާ ވިދާޅުވެފައި ވެއެވެ.

އެމެރިކާއާއި ޗައިނާއަކީ ކާބަންއިން ދުނިޔޭގެ ޖައްވު ނުސާވަމުން ދާދިއުމުގެ %40 ހިއްސާ ކުރާ ދެގައުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.