ކޯވިޑް-19: އިތުރު 36 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 36 މީހުން ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2020 09:59
0

ރާއްޖެއިން އިތުރު 36 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 31 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 5 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޖެންސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 21 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 15 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،737 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 33 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،916 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 38 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 31 ދިވެހިންނާއި، 7 ބިދޭސީންނެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ކުރަމުންދަނީ 776 މީހަކަށެވެ. އައިސޮލޭޝަންގައި 228 މީހަކު ތިބިއިރު، ހޮސްޕިޓަލުގައި 56 މީހަކަށް ދަނީ ފަރުވާދެމުންނެވެ،

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.