ކޯޕް26 ސަމިޓުގައި، ދުނިޔޭގެ ގައުމުތަކުގައި، ވިހަ ދުން ބޭރު ނުކުރާ އެއްގަމު އުޅަދު ބޭނުން ކުރުން ހުއްޓާލުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކޮށްފިއެވެ. މިގޮތުން މިއަދު ކުރިޔަށްދިޔަ މި މަޝްވަރާތަކުގައި، ދުނިޔޭގެ ގިނަ ގައުުމުތަކުންނާއި، ސިޓީތަކުންނާއި، ކުންފުނިތަކުގެ އިތުރުން، ސަރަހައްދީ ސަރުކާރުތަުންވެސް ވަނީ، ވަރަށް އަވަސް މުއްދަތެއްގައި ވިހަ ދުން ޖައްވަން ބޭރުކުރާ އެއްގަމު އަޅަދު ބޭނުން ކުރުން ހުއްޓާލުމާއި ގުޅޭގޮތުން ގަރާރުތައް އިއްވާފައެވެ.
މި ގޮތުން، ގައުމުތަކުން ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި، "ގައުމުތަކުގައި ވިއްކާ އާ ކާރުތަކާއި ވޭން ތަކަކީ ޖައްވަން ވިހަ ދުން ބޭރު ނުކުރާ އުލަދުތަކަށް، 2040ވަނަ އަހަރު އައުމުގެ ކުރިން، ނުވަތަ 2035ވަނަ އަހަރުގެ ކުރިން ހެދުން،" ހިމެނެއެވެ.
މިގޮތުން ކާރު އުފައްދާ މަޝްހުރު ބްރޭންޑްތައް ކަމުގައިވާ ފޯރޑް، ޖެނެރަލް މޯޓޯސް، އަދި މާސިޑީސްއިން ވެސްވަނީ، ދުނިޔޭގެ އެންމެ ބޮޑެތި މާރކެޓްތަކުގައި މި ކުންފުނިތަކުން ވިއްކާ ކާރުތަކާއި ވޭން ތަކަކީ، 2035ގެ ކުރިން، ވިހަ ދުން ޖައްވަށް ބޭރު ނުކުރާ އުޅަދުތަކަށް ހެދުމުގެ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށް އެއްބަސް ވެފައެވެ.
އަދި މީގެ އިތުރުން، މި ސަމިޓްގައި ބައިވެރިވަމުންދާ ސިޓީތަކާއި އަދި ސަރަހައްދީ ސަރުކާރުތަކުންވެސް ވަނީ، 2035ވަނަ އަހަރުގެ ކުރިން، އެ ތަންތަނުގައި ދުއްވާ ވޭންގެ ފްލީޓްތަކާއި، އަދި ކުއްޔައް ދޫކުރާ ހުރިހާ ކާރުތަކަކީވެސް ވިހަދުން ޖައްވާ ބޭރުނުކުރާ އުޅަތަކަށް ބަދަލު ކުރުމުގެ ވައުފު ފުއްދުމަށްވެސް އެއްބަސް ވެފައެވެ.
އެހެންނަމަވެސް، ކޯޕް26 ސަމިޓުގައި މިވަދުތައް ވެފަައިވާ ފަރާތްތަކުގެ ލިސްޓުގައި ދުނިޔޭގެ ކާރު އުފައްދާ ބައެއް ބޮޑެތި ކުންފުނިތައް ނުހިމެނޭކަން ފާހަގަ ކޮށްލެވެއެވެ. މީގެ ތެރޭގައި VW ގެ އިތުރުން BMW ހިމެނެއެވެ. އަދި މިއެއްބަސްވުން ތަކުގައި ސޮއިނުކުރާ ގައުމުތަކުގެ ތެރޭގައި، ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް ކަމުގައިވާ ޗައިނާ، އެމެރިކާ، އަދި ޖާމަނީ ހިމެނއެވެ.
ކޮމެންޓު ފޮނުވާ