ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި 2.24 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފި

ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި 2.24 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
09 ނޮވެމްބަރ 2021 05:25
0

މިއަހަރަށް ކަނޑައެޅި ބަޖެޓަށްވުރެ ދައުލަތުގެ ޚަރަދުތައް އިތުވާތީ ރައްޔިތުންގެ މަޖިލީހަށް2.24 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށައަޅައިފިއެވެ. ސަޕްލިމަންޓްރީ ބަޖެޓް ހުށައަޅާފައިވަނީ އަންނަ އަހަރަށް ލަފާކޮށް މިދިޔަ އާދީއްތަ ދުވަހު މަޖިލީހަށް ހުށައެޅި ބަޖެޓާއެކުއެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓަކީ 34.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ ރިކަރެންޓް ޚަރަދުގެ ގޮތުގައި 21.6 ބިލިއަން ރުފިޔާއާއި،ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުގެ 8.4 ބިލިއަން ރުފިޔާ އަކީ ޕީއެސްޕީއަށް ކަނޑައަޅަފައިވާ ޢަދަދެވެ. ނަމަވެސް މިއަހަރުގެ ބަޖެޓުން ނުވެގެން ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ ހުށައެޅީއެވެ.

މިއަހަރުގެ ބަޖެޓުގެ ބޮޑު ބައެއް ޚަރަދުވާނީ ލޯނުތައް އަނބުރާ ދެއްކުމަށެވެ. މިއަހަރަށް ފާސްކުރި ވަރަށް ވުރެ ބަޖެޓު އިތުރުވެފައިވަނީ ބަޖެޓުގައި ހިމެނިފައި ނެތް 2017 ވަނަ އަހަރު ދައުލަތުން ވިއްކާފައިވާ އަދި 2022 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީސައިޑް" ބޮންޑުގެ ބޮޑު ބައެއް މިއަހަރު ދައްކާ ގޮތަށް ބަޖެޓް މުރާޖައާކުރުމުންނެވެ.

މިއަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވީނަމަވެސް އެ ޢަދަދާއި ގާތަށްވެސް އާމްދަނީ ލިބިފައިނުވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން އާދީއްތަ ދުވަހު ހުށައަޅަފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ބަޖެޓު ބަހުސް މިހާރު ފަށައިގެ ކުރިއަށްދާއިރު، މާދަމާރޭގެ ނިޔަލަށް ބަހުސް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.