ރައީސް ސާލިހުއާއި ރައީސް ނަޝީދު: ދެބެފުޅުންގެ މެދުގައި އޮތް ސިޔާސީ ވާދެވެރިކަން ފަހުން ބަދަލުވެފައިވަނީ ޒާތީ ހަސަދައަށް

މިނިމަން ވޭޖް ކަނޑައެޅުމާއެކު ނަޝީދުގެ ތަޢުރީފް ސަރުކާރާއި މެންބަރުންނަށް

މިނިމަން ވޭޖް ކަނޑައެޅުމާއެކު ނަޝީދުގެ ތަޢުރީފް ސަރުކާރާއި މެންބަރުންނަށް

އެމްޑީޕީގެ މެނިފެސްޓޯގައިވާ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ފުއްދުނީކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށާއި، މަޖިލިސް މެންބަރުންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމަނާފައިވާ އަދި އެޖެންޑާ 19ވެސް ހިމަނާފައިވާ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވާކަމަށެވެ. ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ސަރުކާރާއި މަޖިލިސް މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފައެވެ. އެއީ 4500 ރުފިޔާއެވެ.

އުޖޫރަ ކަނޑައަޅާފައިވާގޮތް:

– ކުދި ވިޔަފާރިތަށް، 4،500 ރުފިޔާ
– މެދުފަންތީގެ ވިޔަފާރިތަކަށް 7،000 ރުފިޔާ
– ބޮޑެތި ވިޔަފާރިތަޔަށް 8،000 ރުފިޔާ
– ބަޕްލިކް ސެކްޓަރ އަށް 7،000 ރުފިޔާ

އެންމެ ކުޑަ އުޖޫރަ ގަރާރުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖްގެ ވާހަކަ ދެކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށެވެ. އަދި އެކަން ތަންފީޒު ނުކުރެވި ލަސްވި ލަސްވުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިބަލާއިއެކު ސިވިލްސާވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން 15،000 މީހުންނަށް މުސާރަ ރަނގަޅު ވެގެންދާނެކަމަށެވެ. އަދި ފަތުރުވެރިކަމުގައި ހިމެނޭ ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް މުސާރަ ރަނގަޅު ވެގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ އުޖޫރަ ކަނޑައެޅި ކަމުގައިވީނަމަވެސް ގެންނަން ޖެހޭ ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެބަދަލެއް ގެނައުމަސް ސަރުކާރުން ފަހަތަށް ނުޖެހޭނެކަމަށެވެ.

މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަކުރުމަށް 500 މިލިއަން ރުފިޔާ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ. އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރުމަށް ރާވައިފައިވަނީ އަހަރުތަކަކަށް ބަހާލައިގެންކަމުން 2023 އަދި 2024 ވަނަ އަހަރަށް ޕޭ ހާމަނައިޒޭޝަންއާއި މިނިމަމް ވޭޖް ތަންފީޒުކުރުމަށް 750 މިލިއަން ރުފިޔާ އަދި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *